އައްޑު ސިޓީ ހިތަދޫ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފި

ސ. ހިތަދޫ މޮނިތަރިންގެ ހާލަތަށް ގެންގޮސްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ސާދިޤްއަށް ފޮނުވާފައިވާ ލިޔުމުގައި ވިދާޅުވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ސ. ހިތަދޫ މޮނިޓަރިންގ އަށް ލާފައިވާ ކަމަށެވެ.

މި ލިޔުމުގައި އިތުރަށް ވިދާޅުވެފައި ވަނީ ހިތަދޫ މޮނިޓަރ ކުރުމާއި ގުޅިގެން އެ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަކި ގޮތެއް އަންގަންދެން އެރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު އެރަށަށް އެރުން މަނާކޮށްފައިވާކަމަށެވެ.

ހިތަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މިއަދު 11:00 ގައެވެ.

ހިތަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، ހިތަދޫގައި ހޯމްކަރަންޓީންގައި ހުރި ބިދޭސީއަކު މިއަދު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެ ބިދޭސީ މީހާ ޕޮޒިޓިވް ކަން އެނގިފައިވަނީ ހޯމް ކަރަންޓީންގައި 14 ދުވަހު ހުރުމަށް ފަހު ޓެސްޓް ހެދުމުންނެވެ. ހިތަދޫ އިން ބިދޭސީ އަކު ޕޮޒިޓިވް ވެފައިވާއިރު، ފޭދޫ ގައިވެސް ހޯމް ކަރަންޓީންގައި ހުރި ދިވެއްސަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ރާއްޖޭގައި މިހާތަނަށް 4898 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި މިބައްޔަށް މިހާރު 2088 މީހަކު ފަރުވާ ހޯދަމުން އަންނަ އިރު 19 މީހަކު ވަނީ ނިޔާވެފައެވެ.

މި ނުރައްކާތެރި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވަމުން އައި ނަމަވެސް މިހާރު އަނެއްކާ މިވަނީ މި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވާން ފަށާފައެވެ. މި ފަހަކަށް އައިސް މާލެ އިން އެކި ރަށްރަށަށް ގޮސް ކަރަންޓީން ގައި ތިބި ގިނަ ބަޔަކު ވަނީ ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއެކު އެޗްޕީއޭ އިން ވަނީ ފިޔަވަޅުތައް އިތުރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ