ޖިޖީ ވިހެއެމަށްފަހު އަސް ދުއްވޭނެ ދުވަހަކަށް ކެތްމަދުވެފައި!

މަޝްހޫރު ލަވަކިޔުންތެރިޔާ ޖިޖީ އޭނާގެ އަލަތު ދަރިފުޅު ވިހެއުމަށްފަހު އަސް ދުއްވޭނެ ދުވަހަކަށް ހުރީ ކެތްމަދުވެފައެވެ.

25 އަހަރުގެ ސުޕަރ މޮޑެލް ޖިޖީ ހަޑިޑް އާއި ބޭރުގެ ލަވަކިޔުންތެރިޔާ ޒޭން މަލިކް، އެ ދެމީހުންގެ އަލަތު ދަރިފުޅު ދުނިޔެއަށް އުފަންވާނެ އިންތިޒާރެއްގައި ހުރިއިރު، ޖިޖީ ހަޑިޑް ބުނެފައިވަނީ ބަނޑުބޮޑުވުމުން އެންމެ ހަނދާންވާ ކަމަކީ އަސް ދުއްވުން ކަމުގައެވެ.

ޖިޖީ ބުނެފައިވާ ގޮތުން އޭނާ ބަނޑުބޮޑުވުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ވާހަކަ ނުދާއްކާނެ އެވެ. ސަބަބަކީ ޖިޖީ ދެކޭ ގޮތުގައި މި ވާހަކަތައް ހިއްސާ ކުރުން އެންމެ ރަނގަޅީ އާއިލާ އާއި ރަށްޓެހިން ގާތުގައެވެ. އަދި ކޮވިޑް-19 ގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގޮސްފައިވާ ކަމަށާއި އެހެންކަމުން މިއީ މިވާހަކަތައް ހިއްސާކުރުން އެންމެ ރަނގަޅު ވަގުތު ނޫން ކަމުގައި ޖިޖީ ބުންޏެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ޖިޖީ ޒޭންގެ ދަރިއަކަށް ބަލިވެ އިން ޙަބަރު ފެތުރުނުއިރު، މި ޙަބަރު ވެގެންގޮސްފައި ވަނީ ގިނަ ބަޔަކު ސިއްސުވާލި ހަބަރަކަށްވެސްމެއެވެ. އެގޮތުން ޖިޖީ ބަނޑުބޮޑުކަން އޭނާ ޔަޤީންކޮށްދިނީ، ޖިމީ ފެލަންގެ “ދަ ޓުނައިޓް ޝޯ” ގައި ވާހަކަ ދައްކަމުންނެވެ.

އެއަށްފަހު މީޑިއާގެ ސަމާލުކަން ކުރިއަށްވުރެ އިތުރަށް މި ދެ ތަރިންނަށް ހުއްޓިފައިވާއިރު، މިދެމީހުން ގުޅުން އިތުރަށް ވަރުގަދަ ވެފައިވާކަމަށް ޙަބަރުތަކުގައި ވެއެވެ. އެގޮތުން ކޮވިޑް-19 ގެ ޕެންޑެމިކް އާއިއެކު، ލޮކްޑައުންވިއިރު، މި ދެމީހުން ހުރީ ޕެންސިލްވެނިއާގައި ޖިޖީގެ އާއިލީ ފާމް ހައުސްއެއްގައި ޖިޖީގެ މަންމަ އާއިއެކު އެވެ. އަދި މިހާރުވެސް މި ދެ ތަރިން ގިނަ ވަގުތުތައް ހޭދަކުރަނީ އެ ގޭގައެވެ. އަދި ޙަބަރު ލިބޭގޮތުގައި، ޖިޖީ އޭނަގެ މާބަނޑު ދުވަސްތައް ކުރިއަށް އޮތްތާގައިވެސް ހޭދަކުރާނީ، އެގޭގައެވެ.

ޒޭން އާއި ޖިޖީ އަށް ލިބެން އުޅެނީ އަންހެން ކުއްޖެކެވެ. އަދި ޖިޖީ ވިހާނީ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށް މި ދެ ތަރިން ވަނީ ހާމަކޮށްފައެވެ.

މި ދެތަރިން އެންމެ ފުރަތަމަ ޑޭޓް ކުރަން ފަށާފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އޭގެ ފަހުންވެސް ދެތިން ފަހަރަކު ދެމީހުން ރުޅިވިކަމުގެ ހަބަރުތައް ފެތުރުނުއިރު، ދެމީހުން ރުޅިވިކަން ރަސްމީކޮށް އިއުލާންކުރީ 2019 ވަނަ އަހަރުގެ ޖެނުވަރީ މަހުއެވެ. އޭގެ ކުރިންވެސް އެކި ފަހަރުމަތިން ދެމީހުން އަލުން ގުޅުނު ކަމުގެ ހަބަރުތައް ފެތުރުނެވެ. އެހެންނަމަވެސް މިހާރު މި ދެމީހުން ދިރިއުޅެމުން ދަނީ އެކުގައި ވަރަށް ލޯބިންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ