ސުޕެއިންގެ ގަލީޝިއާ ރީޖަންގެ އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލްކުރުން މަނާކޮށްފިއެވެ.
ގަލީޝިއާއިން މިގޮތަށް ނިންމައިފައިވަނީ ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ސަބަބުން ކޮވިޑް-19 ފެތުރުމުގެ ބިރުވެރިކަން އޮތުމުން ކަމަށް މައުލޫމާތު ލިބެއެވެ.
މިއީ ކޮވިޑް-19 އާއި ގުޅިގެން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ. ގަލީޝިއާގެ މި ނިންމުމާއެކު އެ ރީޖަންގެ މަގުތަކާ، ކެފޭތަކާ، ބާރތަކުގައި އިޖުތިމާއީ ގައިދުރުކަން ނުބެހެއްޓޭނަމަ ދުންފަތުގެ އިސްތިއުމާލް ކުރުން މަނާވާނެއެވެ.
ގަލީޝިއާއިން މިފަދަ ނިންމުމެއް ނިންމައިފައި މިވަނީ ސުޕެއިންގައި އަނެއްކާވެސް ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެން ފަށައިފައި ވަނިކޮށެވެ. ޖޫންމަހު ސުޕެއިންގައި ދުވާލެއްގެ މައްޗަށް 150 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވަމުން ދިޔަ ނަމަވެސް މިހިނާ އޮގަސްޓުމަހު މިއަދަދުވަނީ 1،000 މައްޗަށް އަރައިފައެވެ.
އިއްޔެ އެކަނިވެސް ސުޕެއިންއިން 1،690 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާއިރު މުޅި ޖުމްލަ ސުޕެއިންއިން މިބައްޔަށް 379,799 މީހުންވަނީ ޕޮޒިޓިވުވެފައެވެ.




