Yune

އަލްޙަމްދުﷲ. ތުއްތު ތުއްތު ޔޫންގެ ސާޖަރީ ކާމިޔާބު!

ދިވެހި ފިލްމީ ތަރި، މުހައްމަދު ޔުނާންގެ ދަރިފުޅު، ޔޫންގެ ހިތުގެ އޮޕަރޭޝަން ކާމިޔާބު ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

އިންސްޓަގްރާމް މެދުވެރިކޮށް ޔުނާން މިކަން ހާމަކޮށްފައިވާއިރު، ދަރިފުޅުގެ ހާލު ރަނގަޅުކަމަށް ޔުނާންވަނީ ބުނެފައެވެ.

"ހަމްދު ޘަނާ ޙައްޤުވެގެންވާ ފަރާތަކީ މާތް ﷲ. ﷲ ގެ ރަޙުމަތްފުޅުން ޔޫންގެ ސާޖަރީ ވަނީ ވަރަށް ކާމިޔާބުކުމާއެކު ކުރެވިފައި. އަލްޙަމްދުލިﷲ." ޔުނާން ބުންޏެވެ.

އަދި ޔުނާން ބުނީ އޭނާގެ ފެމިލީއަށް ލިބުނު ހިތްހަމަ ޖެހުމުގައި އެއްވެސް ވަރުބަލިކަމެއް ނެތި މިއަދާ ހަމައަށް ޔޫންގެ ކަންތައްތަކުގައި ބުރަކަމެއްނެތި މަސައްކަތްކޮށްދިން ހުރިހާ އެންމެންނަށްވެސް ވަރަށް ބޮޑަށް  ޝުކުރުއަދާކުރާކަމަށެވެ.

 

އުފަންވީއިރު ވެސް ހިތުގެ މައްސަލަތަކެއް ހުރި ޔޫން، ބޭސް ފަރުވާއަށް އިންޑިއާ އަށް ފުރާފައިވަނީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުގައެވެ. އަދި އޮޕަރޭޝަން ކުރަން ވައްދާފައިވަނީ މިއަދު ހެނދުނު 7:30 ގައެވެ.

މަޢުލޫމާތު ލިބޭގޮތުގައި ޔޫން މިއަދު ކޮށްފައިވަނީ 8 ގަޑިއިރުގެ ދިގު އޮޕަރޭޝަކެނެކެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ޔޫންއަށް ބޮޑު ސަމާލުކަމެއް ލިބިގެންދިޔައީ އޭނާގެ ބައްޕަ މުލިއާގޭ ދޮށުގައި ދަރިފުޅުގެ ފުރާނަ ސަލާމާތް ކުރުމަށް އެދި އާދޭސްކުރަމުންދިޔަ ވީޑިއޯއެއް ވައިރަލްވުމާއި ގުޅިގެންނެވެ.

ތުއްތު ޔޫންގެ ހިތުގެ މައްސަލައެއް ކަން އެ ދަމަފިރިންނަށް އެނގިފައިވަނީ ހަ މަހުގައި ހަދާފައިވާ ސްކޭނަކުންނެވެ. އަދި ވިހެއުމަށް ފަހު 72 ގަޑި އިރުގެ ތެރޭގައި އޯޕަން ހާޓް ސާޖަރީއެއް ހަދާފައިވާ އެ ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތް ކުރަން ސާޖަރިއެއް ހަދަން ޖެހި، އާއިލާއިން މުލިއާގޭ ދޮށަށް އެއްވެފައިވަނީ އާސަންދައިގެ ދަށުން އެމީހުން އިންޑިއާއަށް ފޮނުވައިދިނުމަށް އެދިއެވެ.

 

 

މިލިޔުން ކިޔާލުމުން
182
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ