މަސްވެރިއަކަށް ނޭވާލާން އުނދަގޫވެގެން އެމްއެންޑީއެފް އިން އެހީވަނީ

ކ.ގުރައިދޫގެ 3 ނޯޓިކަލް މޭލު ދެކުނުން މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި ދިވެއްސަކަށް ނޭވާލާން އުނދަގޫވެގެން އެމްއެންޑީއެފް އިން އެމީހާ ކ. ގުރައިދޫއަށް ގެންގޮސް ދިނުމަށް މަސައްކަތް ފަށައިފިއެވެ.

އެމްއެންޑިއެފްއިން ވިދާޅުވީ "ރާސްތާ" ނަމަކަށް ކިޔާ ދޯނީގައި ހުރި ފަޅުވެރިޔަކަށް ދިމާވި ސިއްހީ މައްސަލައެއްގެ ރިޕޯޓް ލިބުމާއި ގުޅިގެން އެމީހާ ކ.ގުރައިދޫ އަށް ގެންގޮސްދިނުމަށް އެމްއެންޑިއެފްގެ މާލެ އޭރިއާ ކޯސްޓް ގާރޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

އުމުރުން 50 އަހަރުގެ މި މީހާއަށް ނޭވާލާން އުނދަގޫވާން ފަށާފައިވަނީ ކާން އިންދާ ކަމަށާއި މިކަމުގެ ރިޕޯޓް އެމްއެންޑިއެފް އަށް ލިބިފައިވަނީ 16:20 ހާއިރު ކަމަށް އެމްއެމްޑިއެފްއިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ