ލ. މާބައިދޫ
ފޮޓޯ: އެމްޓީސީސީ

މާބައިދޫގެ ނެރު ހެދުމުގެ މަސައްކަތް ނިމިއްޖެ

ލ. މާބައިދޫގެ ނެރު ހެދުމުގެ މަސައްކަތް ނިމިއްޖެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

ލ. މާބައިދޫގެ އައު ނެރު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ކުރީގައި ކަނޑާފައި އިން ނެރު ބަންދު ކުރުމުގެ މަސައްކަތާއި އާ ނެރެއް ކެނޑުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށް އެމްޓީސީސީ އިން ވިދާޅުވިއެވެ.

އަދި މިމަޝްރޫޢުގެ ތެރޭގައި 96.503،17 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 253 މީޓަރުގެ
ސަރަހައްދެއްގައި ބޭރުތޮށި ލުމާއި ، 83 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، މަގުބައްތި ހަރުކުރުން ހިމެނެއެވެ.

މާބައިދޫގެ އައު ނެރު ހެދުމުގެ މަޝްރޫޢު 18 އޯގަސްޓް 2020 ގައި ނިމިފައިވާއިރު މި މަސައްކަތަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީ ގެ ފަރާތުން ސޮއިކުރެވިފައިވަނީ 04 އޯގަސްޓް 2019 ގައެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 16 ޖެނުއަރީ 2020 ގައެވެ. މި މަޝްރޫޢުއަކީ 4.22 މިލިއަން ރުފިއާގެ މަޝްރޫޢުއެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ