Yune

ކާމިޔާބު އޮޕަރޭޝަނަކަށްފަހު "ޔޫން" އެނބުރި ރާއްޖެ އަތުވެއްޖެ!

ކާމިޔާބު ހިތުގެ އޮޕަރޭޝަނަކަށްފަހު، މުހައްމަދު ޔުނާން އާއި އޭނާގެ އަނބިމިހާ ފާތިމަތު ރިހުލާ (ރިހޫ) އާއި އެމީހުންގެ ތުއްތު ތުއްތު ދަރިފުޅު ޔޫން މުހައްމަދު ޔުނާންއާއިއެކު ރާއްޖެ އަތުވެއްޖެއެވެ.

އެކްޓަރު ޔުނާން މިއަދު ވަނީ ދަރިފުޅު ޔޫން އާއެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. މި ފޮޓޯ ފްލައިޓް ތެރޭގައި ނަގާފައިވާއިރު، ފޮޓޯގެ ކެޕްޝަންއަކަށް "ބައި ބައި އިންޑިއާ" މިހެން ލިޔެފައިވެއެވެ.

ކާމިޔާބު އޮޕަރޭޝަނަކަށްފަހު ޔޫން އާއި ޔޫންގެ އާއިލާ އެނބުރި ރާއްޖެ އައިސްފައިވާއި، ޔޫންގެ ހާލު މިހާރު އެއްކޮށް ރަނގަޅެވެ.

އުފަންވީއިރު ވެސް ހިތުގެ މައްސަލަތަކެއް ހުރި ޔޫން، ބޭސް ފަރުވާއަށް އިންޑިއާ އަށް ފުރާފައިވަނީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުގައެވެ. އަދި ޔޫންގެ އޮޕަރޭޝަން ކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ޔޫންއަށް ބޮޑު ސަމާލުކަމެއް ލިބިގެންދިޔައީ އޭނާގެ ބައްޕަ މުލިއާގޭ ދޮށުގައި ދަރިފުޅުގެ ފުރާނަ ސަލާމާތް ކުރުމަށް އެދި އާދޭސްކުރަމުންދިޔަ ވީޑިއޯއެއް ވައިރަލްވުމާއި ގުޅިގެންނެވެ.

ތުއްތު ޔޫންގެ ހިތުގެ މައްސަލައެއް ހުރިކަން އެ ދަމަފިރިންނަށް އެނގިފައިވަނީ ހަމަހުގައި ހަދާފައިވާ ސްކޭނަކުންނެވެ. އަދި ވިހެއުމަށް ފަހު 72 ގަޑި އިރުގެ ތެރޭގައި އޯޕަން ހާޓް ސާޖަރީއެއް ހަދާފައިވާ އެ ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތް ކުރަން ސާޖަރިއެއް ހަދަން ޖެހި، އާއިލާއިން މުލިއާގޭ ދޮށަށް އެއްވެފައިވަނީ އާސަންދައިގެ ދަށުން އެމީހުން އިންޑިއާއަށް ފޮނުވައިދިނުމަށް އެދިއެވެ.

ޔޫންގެ އޮޕަރޭޝަނަށް ބޭނުންވާ މާލީ އެހީ އަމިއްލަ ވިޔަފާރިވެރިއަކު ފަހުން ވަނީ ދީފިއެވެ. މީގެ އިތުރުންވެސް، އެކި ފަރާތްތަކުން ޔޫންއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ދަރިފުޅުގެ އޮޕަރޭޝަން ކާމިޔާބުވުމާއެކު، ޔޫންގެ ބައްޕަ، ޔުނާން ބުނީ އޭނާގެ އާއިލާއަށް ލިބުނު ހިތްހަމަ ޖެހުމުގައި އެއްވެސް ވަރުބަލިކަމެއް ނެތި މިއަދާ ހަމައަށް ޔޫންގެ ކަންތައްތަކުގައި ބުރަކަމެއްނެތި މަސައްކަތްކޮށްދިން ހުރިހާ އެންމެންނަށްވެސް ވަރަށް ބޮޑަށް  ޝުކުރުއަދާކުރާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ