ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އާލިއާއ ބަޓްއާއި އެކްޓަރު ރަންބީރު ކަޕޫރުގެ ކައިވެނި އަންނަ އަހަރަށް ފަސްކޮށްފިއެވެ.
މިއަހަރުގެ ޑިސެމްބަރުމަހު މި ކައިވެނި ކުރަން ހަމަޖެހިފައިވިނަމަވެސް، ކައިވެނި ލަސްކޮށްފައިވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމީ އިންޑަސްޓްރީގެ މަސައްކަތްތަކުގައި ދެމީހުންވެސް ބިޒީކޮށް އުޅެންޖެހުމުގެ ސަބަބުންނެވެ.
އާލިއާ އާއި ރަންބީރުގެ ކައިވެނި 2021 އަށް ފަސްކޮށްފައިވާކަން ދެމީހުންނާއި ގުޅުންހުރި ފަރާތަކުން މީޑިއާއަށް ވަނީ ކަށަވަރުކޮށްދީފައެވެ.
މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިޙާރު އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މެ ދެބައިވެރިން ދިރިއުޅެނީވެސް މިހާރު އެކުގައެވެ.
ރަންބީރުއާއި އާލިއާ ފުރަތަމަ ފަހަރަށް އެކުގައި ކުޅޭ ފިލްމް ”ބްރައްމަސްތުރަ“ މި އަހަރުގެ ޑިސެމްބަރު މަހު ސިނަމާތަކަށް ގެންނަން ހަމަޖައްސާފައިވީ ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މި ފިލްމުވެސް ރިލީޒްކުރުން ވަނީ ފަސްކޮށްފައެވެ.



