ފުލުހުންގެ މައި އިދާރާ - ފޮޓޯ: ފެށުން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއްތަކެތީގެ ވެރިފަރާތް ހޯދަނީ

ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންއެބަދެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ މިތަކެއްޗަކީ މި އޮގަސްްޓު މަހުގެ 21 އަދި 22 ގައި މާލޭގެ އެކި ސަރަހައްދުތަކުން، ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ އަދި މަގުމަތިން ހޮވައިގެން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތިކަމަށެވެ. އަދި މިތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތީގެ އިންސިޑެންޓް ނަންބަރުތައް:

އޮގަސްޓް 24 ވަނަ ދުވަހު މަޖީދީމަގު ހެންވޭރު ދަނޑު ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައިސްކަލް. އިންސިޑެންޓް ނަންބަރު 463425

އޮގަސްޓް 27 ވަނަ ދުވަހު ބުރުޒުމަގު މއ. ވަވަތި ކައިރި މަގުމަތީގައި އޮއްވާ ހޮވައިގެން ގެނެސްފައިވާ 200 ރުފިޔާ.  އިންސިޑެންޓް ނަންބަރު 463659

އޮގަސްޓް 27 ވަނަ ދުވަހު މަޖީދީމަގު މ. ނަރުގެ ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަކީޓާ ބްރޭންޑްގެ ރައުޓަރެއް. އިންސިޑެންޓް ނަންބަރު 463670

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ