ކަނޑު އުޅަނދުފަހަރަށް ފަޅުވެރިން ސައިން އޮން އަދި ސައިން އޮފް ކުރުމަށް އީ-ސަރވިސް ހިދުމަތް 1 ސެޕްޓެމްބަރުން ފެށިގެން ފެށުމަށް ނިނަމައިފިއެވެ.
އިމިގްރޭޝަން އިން ވިދާޅުވީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެންނާއި، އިމިގްރޭޝަން ސީޕޯޓްއިން އާއްމުންނަށް ދެމުންގެންދާ ޚިދުމަތްތައް ލުއިފަސޭހަވާނޭގޮތަށް ފޯރުކޮށްދިނުމަށް ސީޕޯރޓް ސެކްޝަންއަށް ހުށައަޅާ ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް 01 ސެޕްޓެމްބަރ 2020 ފެށިގެން ހުށައެޅޭނެކަމަށެވެ.
ކަނއުޅަދުފަހަރަށް ސައިން އޮން / ސައިން އޮފް ހިދުމަތް ލިބިގަތުމަށް IM40 ފޯމާއިއެކު ހުށައަޅަންޖެހޭ ވަގުތުގެ ތެރޭގައި ހުރިހާ ލިޔެކިޔުމެއް [email protected] އަށް މެއިލް ކުރުމަށް އިމިގްރޭޝަން އިން ވަނީ ދަންނަވާފައެވެ.
މި ޚިދުމަތްތަކާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވަން ބޭނުންފުޅުވާނަމަ ސީޕޯޓް އިމިގްރޭޝަން ގެ ނަމްބަރު 9199157 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ.



