އާލިއާ ބަޓްގެ "ސަޅަކް 2"، ބޮޑު ފްލޮޕަކަށް!

ގިނަ ދުވަސްތަކެއްފަހުން ބޮލީވުޑްގެ ޑައިރެކްޓަރ މަހޭޝް ބަޓް ޑައިރެކްޓްކުރާ ފިލްމް، އަދި ލީޑު ރޯލުން އާލިއާ ބަޓް ފެނިގެންދާ ފިލްމް “ސަޅަކް 2”އަކަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް، ފިލްމް ރިލީޒްކުރުމާއެކު، މި ފިލްމް އެއްވެސް ގޮތަކަށް ކަމުނުދާ ކަމަށް ކްރިޓިކްސް އިން ނާއި އަދި ބެލުންތެރިންވެސް ބުނަން ފަށައިފިއެވެ.

"ސަޅަކް 2" ގެ ޓްރެއިލާ ރިލީޒްކުރި ހިސާބުން ފިލްމް ބޮއިކޮޓް ކުރުމަށް ގިނަ ބަޔަކު ގޮވާލާފައިވާއިރު، މި ޓްރެއިލާއަށް ވެސް 12 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ޑީސްލައިކްސް ޖަހައިފައެވެ. އަދި ފިލްމް ރިލީޒްކުރުމާއެކު، ފިލްމު ބެލި ކްރިޓީކުންނަށްވެސް ފިލްމް ކަމުގޮސްފައެއްނުވެއެވެ.

އެގޮތުން ބޮލީވުޑްގެ ފިލްމްތަަކަށް ފާޑުކިޔާ މަޝްހޫރު ކްރިޓީކެއް ކަމަށްވާ ތަރަން އާދާޝް ވެސް މި ފިލްމަށް ރޭޓުކޮށްފައިވަނީ ފަހަކުން އެކެކެވެ. އަދި ތަރަން ބުނި ގޮތުގައި "ސަޅަކް 2" އަކާއި، މި ފިލްމްގެ ފުރަތަމަ ބަޔާ އަޅާ ނުސްކިޔޭނެކަމަށެވެ.

އެގޮތުން މި ފިލްމްގެ ސްކްރީން ޕްލޭ ވަރަށް ބޮޑަށް ކަމުނުގޮސް ތަރަން ފާޑު ކިޔާފައިވާއިރު، ފިލްމްގެ މިޔުޒިކްވެސް މި ފިލްމާއި އެއްވެސް ވަރަކަށް ނުގުޅޭ ކަމަށް ތަރަން ބުންޏެވެ.

ތަރަންގެ އިތުރުން، ފިލްމް ބެލި ގިނަ ކްރިޓީކުންނަށް މި ފިލްމް ކަމުނުގޮސް ފިލްމް ރޭޓް ކޮށްފައިވަނީ ވަރަށް ދައްކޮށެވެ. އަދި އާއްމުފަރާތްތަކުންވެސް ފިލްމް އެއްވެސްވަރަކަށް ކަމުނުދާ ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން، އާންމުން ރޭޓްކުރާ އެޕްލިކޭޝަން އައިއެމްޑީބީގައި މި ފިލްމުގެ ރޭޓިން އަށް ލިބިފައިވަނީ 10 އަކުން އެކެކެވެ.

“ސަޅަކް” 2ގެ ޓްރެއިލާ ރިލިޒްކުރި ހިސާބުންވެސް މި ފިލްމަށް އާއްމުފަރާތްތަކުން ފާޑުކިޔާ ފައިވާއިރު، މިހާބޮޑު ނަފުރަތެއް އަމާޒުފައިމިވަނީ،  ދާދިފަހަކުން ދެންޖެހިގެން މަރުވި އެކްޓަރު ސުޝާންތް ސިންހް ރާޖްބުތްގެ މަރާއެކު ބޮލީވުޑްގައި ނެެޕޮޓިސަމްގެ ވާހަކަ ފެށުމާއި ގުޅިގެންނެވެ. އެގޮތުން ބޮލީވުޑްގައި ފިލްމް އުފައްދާ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން އެކްޓަރުންގެ ދަރިންނަށް އިސްކަން ދިނުމާއި ތަފާތުކުރުން ގެންގުޅޭ ވާހަކައަކީ މިހާރު ބެލުންތެރިން އެންމެ ގިނައިން ދައްކާ އެއް ވާހަކައެވެ.

ސުޝާންތްގެ މަރާއެކު، “ސަޅަކް 2” ގައި ލީޑު ރޯލު އަދާކޮށްފައިވާ މަހޭޝް ބަޓް ގެ ދަރިފުޅު އާލިއާ ބަޓް އަށްވެސް ގިނަ ބަޔަކު ފާޑުކިޔާފައިވެއެވެ. އެގޮތުން “ކޮފީ ވިތް ކަރަން” ގައި އާލިއާ، ސުޝާންތުއަށް މަލާމާތްކުރިކަމަށް ބުނެ ގިނަ ބަޔަކު ވަނީ، އޭނާ އިންސްޓަގްރާމް އިން އަންފޮލޯވެސް ކޮށްފައެވެ.

“ސަޅަކް 2” ގެ ޓްރެއިލާއަށް ވެސް ގިނަ ޑިސްލައިކްތަކެއް ލިބި ބެލުންތެރިން މަލާމާތްކުރި ސަބަބަކީ މިއީއެވެ. މި ފިލްމްގެ ކާސްޓްގައި ބޮޑެތި އެކްޓަރުންގެ ދަރިން ހިމެނޭތީއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ