ޔޫޓިއުބްގައި ދެވަނައަށް އެންމެ ގިނަބަޔަކު ޑިސްލައިކްސް ޖެހި ވީޑިއޯއަކަށް "ސަޅަކް 2"ގެ ޓްރެއިލާ!

ގިނަ ދުވަސްތަކެއްފަހުން ބޮލީވުޑްގެ ޑައިރެކްޓަރ މަހޭޝް ބަޓް ޑައިރެކްޓްކުރާ ފިލްމް “ސަޅަކް 2” ގެ ފުރަތަމަ ޓްރެއިލާ މިހާރު ދައްކާލާފައިވާއިރު، މި ފިލްމް މި މަހުގެ ފަހުކޮޅު އޮންލައިންކޮށް ރިލީޒްކުރާނެއެވެ.

ފިލްމްގެ ޓްރެއިލާ ނެރުނުތާ މިހާރު އެއް ހަފްތާއަށްވެފައިވާއިރު، ޓްރެއިލާއަށް މީހުން ކޮށްފައިވާ ކޮމެންޓްތައް އެހާ ޕޮސިޓިވެއެއްނޫނެވެ. އަދި، ދި އެއާއެކު، ޔޫޓިއުބްގައި މި ޓްރެއިލާއަށް ބެލުންތެރިން ޑިސްލައިކް ޖެހުމުގެ ސަބަބުން، މިއީ ޔޫޓިބްއިން އެންމެ ގިނަ ބަޔަކު ޑިސްލައިކް ޖަހާފައިވާ ދެވަނަ ވީޑީއޯއެވެ.

މިހާތަނަށް މި ޓްރެއިލާއަށް 12 މިލިއަން ޑިސްލައިކްސް ލިބިފައިވާއިރު، މި ޓްރެއިލާ ރިލީޒްކުރިތާ 24 ގަޑިއިރުގެ ތެރޭގައި މި ވީޑީއޯއަށް 5 މިލިއަނަށްވުރެ ގިނަ ޑިސްލައިކްސް ޖަހާފާވެއެވެ. އަދި "ސަޅަކް 2"އަށް މިހާ ގިނަ ބަޔަކު ޑިސްލައިކްސް ޖެހުމުގެ އިތުރުން، މި ފިލްމަށް ޖޯކު ޖަހާ، ވަރަށްވެސް ނެގެޓިވް ކޮމެންޓްސްތައް އާއްމުފަރާތްތަކުން ކޮށްފައިވެއެވެ.

"ސަޅަކް" 2 އަކަށް، މިހާބޮޑު ނަފުރަތެއް އަމާވެފައިމިވަނީ،  ދާދިފަހަކުން ދެންޖެހިގެން މަރުވި އެކްޓަރު ސުޝާންތް ސިންހް ރާޖްބުތްގެ މަރާއެކު ބޮލީވުޑްގައި ނެެޕޮޓިސަމްގެ ވާހަކަ ފެށުމާއި ގުޅިގެންނެވެ. އެގޮތުން ބޮލީވުޑްގައި ފިލްމް އުފައްދާ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން އެކްޓަރުންގެ ދަރިންނަށް އިސްކަން ދިނުމާއި ތަފާތުކުރުން ގެންގުޅޭ ވާހަކައަކީ މިހާރު ބެލުންތެރިން އެންމެ ގިނައިން ދައްކާ އެއް ވާހަކައެވެ.

ސުޝާންތްގެ މަރާއެކު، “ސަޅަކް 2” ގައި ލީޑު ރޯލު އަދާކޮށްފައިވާ މަހޭޝް ބަޓް ގެ ދަރިފުޅު އާލިއާ ބަޓް އަށްވެސް ގިނަ ބަޔަކު ފާޑުކިޔާފައިވެއެވެ. އެގޮތުން “ކޮފީ ވިތް ކަރަން” ގައި އާލިއާ، ސުޝާންތުއަށް މަލާމާތްކުރިކަމަށް ބުނެ ގިނަ ބަޔަކު ވަނީ، އޭނާ އިންސްޓަގްރާމް އިން އަންފޮލޯވެސް ކޮށްފައެވެ. މީގެ އިތުރުންވެސް، ސަލްމާން ހާން، ކަރަން ޖޯހަރު އަދި ސަންޖޭ ލީލާ ބަންސާލީ ފަދަ ޑައިރެކްޓަރުންނަށް ބެލުންތެރިން ވަނީ ފާޑުކިޔާ އެމީހުންގެ ފިލްމްތައް ނުބަލާނެކަމަށް ބުނެފައެވެ.

“ސަޅަކް 2” ގެ ޓްރެއިލާއަށް ވެސް ގިނަ ޑިސްލައިކްތަކެއް ލިބި ބެލުންތެރިން މަލާމާތްކުރި ސަބަބަކީ މިއީއެވެ. މި ފިލްމްގެ ކާސްޓްގައި ބޮޑެތި އެކްޓަރުންގެ ދަރިން ހިމެނޭތީއެވެ.

އާލިއާ ބަޓް، އަދިތުޔާ ރޯއި ކަޕޫރު، ސަންޖޭ ދަތު އަދި ޕޫޖާ ބަޓް މުހިއްމު ރޯލުތައް އަދާކޮށްފައިވާ މި ފިލްމަކީ، 1991 ވަނަ އަހަރު ނުކުތް ސަޅަކް ގެ ފުރަތަމަ ބަޔާ ގުޅުވައިގެން ގެނެސްދޭ ސީކުއަލްއެކެވެ. މި ފިލްމްގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ސަންޖޭ އާއި ޕޫޖާއެވެ.

މި ފިލްމަށް ގިނަ ބަޔަކު ޑިސްލައިކް ދީފައިވީނަމަވެސް، މި ޓްރެއިލާ 65 މިލިއަން މީހުން ބަލާފައިވެއެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ