މިމައުލޫމާތު ތަކަށް ބަލާއިރު، މިއަދާއި ހަމައަށް ހުޅުމާލެ ޖަލު/ޑިޓެންޝަން ސެންޓަރުގައި މަސައްކަތް ކުރާ 10 އޮފިސަރުން ކޮވިޑް-19 އަށް ޓެސްޓު ކުރިއިރު، އެ މީހުން އެ ބައްޔަށް ވަނީ ނެގެޓިވްވެފައެވެ.އަދި ގައިދީންގެ ތެރެއިން 41 ސާމްޕަލް ނެގި ކަމަށާއި، އޭގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ ހަތް މީހެއް ކަމަށެވެ. އަދި 19 ސާމްޕަލް ނެގެޓިވްވެފައިވާއިރު، 15 ސާމްޕަލެއްގެ ނަތީޖާ ނުލިބޭކަމަށް ކަރެކްޝަންސް އިން ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން، ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން ފުރުވާލެވެންދެން ބައިތިއްބާފައި ތިބި ބިދޭސީންގެ ތެރެއިން 31 ސާމްޕަލް ނެގިއިރު، މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ ފަސް ބިދޭސީން ކަަމަށްވެސް ވިދާޅުވެފައި ވެއެވެ. އަދި 16 ސާމްޕަލެއް ނެގެޓިވްވިއިރު ނަތީޖާ ނުލިބި 10 ސާމްޕަލް އެބަހުރި ކަމަށްވެސް ކަރެކްޝަންސް އިން ވިދާޅުވިއެވެ.
23 އޮގަސްޓު 2020 އިން 30 އޮގަސްޓު 2020 އާއި ހަމައަށް ހުޅުމާލެ ޖަލާއި ހުޅުމާލެ ޑިޓެސްޝަން ސެންޓަރ ނެގިފައިވާ ސާންޕަލްތަކުގެ އަދާހަމަ #COVID19 pic.twitter.com/3766G3QJzU
— Maldives Correctional Service (@CorrectionsMv) August 30, 2020




