40 އަހަރުގެ އަންހެނަކު ބްލެކްމެއިލް ކޮށް ފައިސާ ހޯދާ މައްސަލައެއް

40 އަހަރުގެ ދިވެހި އަންހެނަކު ބްލެކްމެއިލް ކޮށް ފައިސާ ހޯދަމުންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަން ހިނގާފައި ވަނީ އައްޑޫ ސިޓީ ހުޅުމީދޫގައެވެ. އެގޮތުން ފުލުހުން ވިދާޅުވެފައިވަނީ އައްޑޫ ސިޓީ ހުޅުމީދޫގައި 40 އަހަރުގެ ދިވެހި އަންހެނަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަމުންދިޔަ މައްސަލައެއް 2020 ޖުލައި 5 ވަނަ ދުވަހު ފުލުހުންނަށް ހުށައެޅިފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް މި މައްސަލަ ތަޙްޤީޤު ކުރަމުންދާކަމުގައި ފުލުހުން ވިދާޅުވެފައިވެއެވެ.

މިފަދަ މައްސަލަތަކަކީ މަދުން ނަމަވެސް ރާއްޖޭގައި ހިނގާ މައްސަލަތަކެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ