އިންޑިއާއާއި އެކު އޮތް ގާތް ގުޅުމުގެ ސަބަބުން އެތައް ގޮތަކުން ދިވެހިންނަށް ވަނީ ފައިދާ ވެފައި: މާރިޔާ

އިންޑިއާއާއި އެކު އޮތް ގާތް ގުޅުމުގެ ސަބަބުން އެތައް ގޮތަކުން ދިވެހިންނަށް ވަނީ ފައިދާ ވެފައިކަމަށް  ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ ކުރެއްވި ޓްވީޓެއްގަިއ ވިދާޅުވީ، ރާއްޖެއާއި އިންޑިއާއި ދެމެދު އޮތް ގުޅުމުގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ ފައިދާތަކަކީ ދޮގު ނުކުރެވޭނެ ހަޤީގަތެއްކަމަށެވެ. އެގޮތުން ރާއްޖެއާއި އިންޑިއާއި ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން ރާއްޖެއަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެތައް ފައިދާތަކެއް ވެފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

1998 ވަނަ އަހަރުގެ 3 ނޮވެމްބަރުގައި ގައި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާއާއި، އަދި ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު މާލެ ސިޓީ ފެނަށްޖެހުމުންވެސް އިންޑިއާއިން ފޯރުކޮށްދިން އެހީތެރިކަން އެކަމަނާ ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، މިއަދު ރާއްޖެއަށްވެސް ކުރިމަތިވެފައިމިވާ ކޮވިޑް-19 ގެ ހާލަތުގައިވެސް އިންޑިއާއިން ރާއްޖެއަށް ހުއްޓުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް އެކަމަނާ ވިދާޅުވިއެވެ.

 

އެކަމަނާ މިހެން ވިދާޅުވެފައި ވަނީ ރާއްޖެ އިންޑިއާއަށް މި ސަރުކާރުން ވިއްކާލާފައިވާ ކަމަށް ބުނެ އިދިކޮޅުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން  "އިންޑިއާ އައުޓް" ގެ ނަމުގައި ހާއްސަ ކެންޕެއިނެއްވެސް ސޯޝަލް މީޑިއާގައި ވަނީ ފަށައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ