ދެފަހަރަށް ވޯޓުލާ، ވޯޓުގެ ޔަޤީންކަން ކަށަވަރުކުރަން ޓްރަމްޕް އެދިވަޑައިގަނެފި

ވޯޓުގެ ޔަޤީންކަން ކަށަވަރުކުރަން ދެފަހަރަށް ވޯޓު ލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވޯޓު ލާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަނެފިއެވެ.

އެގޮތުން ޓްރަމްޕް އެދިވަޑައިގަނެފައިވަނީ، އަމިއްލަ ފުޅަށް ވޯޓުލުމުގެ އިތުރުން، ދެވަނަ ފަހަރަށް އީމެއިލްގެ ޒަރިއްޔާއިން ވޯޓު ފޮނުވުމަށެވެ. ޓްރަމްޕް ބުނެފައިވަނީ، މިއަހަރު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިހާބުގައި މަކަރުހެދުމާއި އޮޅުވާލުންތައް ގިނަވާނެކަމަށެވެ.

މީގެއިތުރުން، މި އިންތިހާބު އޮޅުވާލާ، ރައީސް ޓްރަމްޕްއާއި ދެކޮޅަށް އިންތިހާބު ކާމިޔާބު ވާނެގޮތަށް ހަދާނެ ކަމަށް ބުނާ ވާހަކަ ޓްރަމްޕް އަންނަނީ ތަކުރާރުކުރަމުންނެވެ. އެހެންކަމުން ވޯޓުގެ ޔަޤީންކަން ކަށަވަރުކުރުމަށް ދެފަހަރަށް ވޯޓުލުން މުހިއްމުކަމަށް ޓްރަމްޕް ބުނެފައިވެއެވެ.

ނަމަވެސް، ގިނަ ސްޓޭޓްތަކުގައި ގަސްދުގައި އެފަދަ ގޮތަކަށް ވޯޓުލުމަކީ މަނާކަމެކެވެ. އެގޮތުން ނޯތް ކެރޮލީނާގައި އެއީ ޤާނޫނީ ކުށެކެވެ.

އެމެރިކާގެ މިއަހަރުގެ ރިޔާސީ އިންތިހާބު އޮތީ ނޮވެމްބަރު 3 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ