މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން 260 ނަރުހުން ހޯދަން އިއުލާން ކޮށްފި

މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން 260 ނަރުހުން ހޯދަން އިއުލާން ކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތު އިން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ އެ މިނިސްޓްރީއިން ހިންގާ މަރުކަޒުތަކުގައި މަސައްކަތް ކުރުމަށް ރެޖިސްޓަރޑް ނަރުހުންނާއި، ސީނިއަރ ރެޖިސްޓަރޑް ނަރުހުން އަދި ކްލިނިކަލް ނަރުހުން ހޯދަން ބޭނުންވާ ކަމަށެވެ.

މި މަޤާމުތަކަށް މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ ލެވެލް 5ގެ ރެޖިސްޓަރޑް ނަރުހަކަށް 9060 ރުފިޔާ، ލެވެލް 7،8ގެ ސީނިއަރ ރެޖިސްޓަރޑް ނަރުހަކަށް 9670 ރުފިޔާ، ލެވަލް 9ގެ ކްލިނިކަލް ނަރުހުންނަށް 10،410 ރުފިޔާއެވެ. އަދި މީގެއިތުރުން ސަނަދުތަކަށްދޭ އެލަވަންސްތަކާއި، ސަރވިސް އެލަވަންސްއާއި އެހެނިހެން އެލަވަންސްތައް ހިމެނެއެވެ.

ވަޒީފާއަށްއެދި ހުށައަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލް ހެލްތު މިނިސްޓްރީން ވަނީ ގެޒެޓްގައި އާއްމުކޮށްފައެވެ. މަޤާމަށްއެދި ހުށައަޅަންޖެހޭ ލިޔެކިޔުންތަށް 23ސެޕްޓެމްބަރ 2020 ގެކުރިން [email protected] އަށް ހުށައެޅުމަށް ހެލްތްމިނިސްޓްރީއިންވަނީ އެދިފައެވެ.

ގިނަ އަދަދެއްގެ ނަރުހުން ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އިއުލާން ކޮށްފައި މިވަނީ މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ސިއްހީ މަސައްކަތްތެރީން ވަރުބަލިވެ އިތުރު މުވައްޒަފުންނަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ