ކުރިގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ބޯހިޔާވަހިކަމަށް ފައިވާ އިހިމާލަށް ދުވަހަކުވެސް ދިވެހި ރައްޔިތުން މާފު ނުކުރާނެ ކަމުގައި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.
ޝިފާޢު މިހެން ވިދާޅުވެފައި މިވަނީ ބޯހިޔާވަހިކަމުގެ މައްސަލައަށް މިސަރުކާރުން އިހުމާލުވަމުންދާ ކަމުގައި މުޢިއްޒު ވިދާޅުވުމާއި ގުޅިގެންނެވެ.
އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލައަށް މި ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވަމުންދާކަމަށް ވިދާޅުވެ މުޢިއްޒު ވިދާޅުވެފައި ވަނީ މާލޭ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ ހާލަތު ރަނގަޅު ކުރުމަށް އެންމެ ބޮޑަށް މަސައްކަަތް ކުރައްވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.
އެގޮތުން ރައީސް ޔާމީން ފެއްޓެވި ހިޔާ މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ފްލެޓްތައް ހަވާލުކުރަން ނިންމާފައިވަނީ ވަރަށް އިންސާފުވެރި އުޞޫލަކުން ކަމަށާއި، ނަމަވެސް މި ސަރުކާރުން އޭރު ފުލެޓް ލިބުނު އެތައް ބަޔަކު މަގުމަތިކޮށްފައިވާކަމަށް ވަނީ މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީން ސަރުކާރުގައި ފްލެޓް ދިނުމުގައި ޕޮއިންޓް ދީފައިވަނީ އިންސާފުވެރި ގޮތަކަށް ނޫންކަމަށް ވިދާޅުވެ، މި ސަރުކާރުން އަލުން ވަނީ ފްލެޓްތަކަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދީ ވަގުތީ ލިސްޓް އާންމު ކޮށްފައެވެ.
ލިސްޓް އާންމު ކުރި އިރު ކުރިން ފްލެޓް ލިބިފައި ބައެއް ފަރާތްތައް ވަނީ ފްލެޓް ނުލިބިއެވެ.