އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް | ފޮޓޯ: އަވަސް

ކޮވިޑް-19: އައްޑޫން އިތުރު 2 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އައްޑޫން އިތުރު 2 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

"އައްޑޫލައިވް" އިން ވިދާޅުވީ އައްޑޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އުމުރުން 38 އަހަރުގެ މީހަކާއި 42 އަހަރުގެ މީހެއް ކަމަށެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފް ސާދާތު އާއި ހަވާލާދީ "އައްޑޫލައިވް" އިން ބުނެފައި ވަނީ މި 2 މީހުން ކޮވިޑ-19 އަށް ޕޮޒިޓިވް ވެފައިވަނީ ކަރަންޓީނުގެ 14 ދުވަސް ނިމުމަށް ފަހު ހެދި ޓެސްޓުން ކަމަށެވެ.

އަދި މި ބައްޔަށްް ޕޮޒިޓިވް ވެފައިވަނީ ހުޅުދޫގައި ހޯމް ކަރަންޓީނުގައި ހުރި ބަނގުލަދޭޝް މީހަކާއި ގަމުގައި ހޯމް ކަރަންޓީންގައި ހުރި މީހެއް ކަމަށެވެ. އައްޑޫ އިން މިހާތަނަށް 14 މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

ރާއްޖެއިން މިހާތަނަށް 9،328 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. 33 މީހުން މިހާތަނަށް ރާއްޖެއިން މި ބަލީގައި ނިޔާވެފައިވާއިރު މި ބަލިން ރަނގަޅުވެފައި ވަނީ 7،729 މީހުންނެވެ. މިވަގުތު މި ބަލި ޖެހިފައިވާ 1،560 މީހުން ތިބިއިރު 111 މީހަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ބައެއް ރަށްރަށުންވެސް މިހާރު ކޮވިޑަށް މީހުން ޕޮޒިޓިވްވާ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި އަތޮޅުތަކުން ކޮވިޑްގެ ގިނަ ކޭސްތައް ފެނިފައިވަނީ ރަށްރަށުގެ ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ކިބައިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ