ޤުރުއާނާއި ބެހޭ މަސައްކަތްތައް ރާއްޖޭގައި މިހާރު ވަރަށް ބޮަޑަށް ބަލިކަށިވެފައިވާ ކަމަށާއި، ޤުރުއާން ޢިލްމް ފެތުރުމުގެ ކަންކަން ވަރުގަދަ ކުރަންޖެހޭކަމަށް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިއަހަަރުގެ ޤައުމީ ޤުރުއާން މުބާރާތް އޮންލައިންކޮށް ކުރިއަށް ގެންދިއުމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ކަމާބެހޭ ފަރާތްތަކާއެކު އިއްޔެ ވަނީ މަޝްވަރާކުރައްވައިފައެވެ.
މިކަމާއި ގުޅުވައިގެން ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެތެރޭގައި ކުރިއަށްގެންދިޔަ އެކިއެކި ޤުރުއާން ޕްރޮގްރާމްތައް މިހާރު ވަނީ ހުއްޓިފައިކަމަށާއި، އަދި ހާފިޒުން އުފެއްދުމުގެ ހަރަކާތަށް ވަނި ލޮޅުން އަރާފައިކަމަށެވެ. އެހެންކަމުން ޤުރުއާން ޢިލްމް ފެތުރުމުގެ ކަންކަން ވަރުގަދަ ކުރަންޖެހޭކަމަށް ޝަހީމު ވިދާޅުވެ، ނައިބު ރައީސް ފައިސަލް ނަސީމް މި ޓްވީޓުގައި ޓެގްކުރައްވާފައިވެއެވެ.
Quruaanaa behey Masakkaythah raajjeyga vanee mihaaru v bodah balikashibefa, haafizun ufedhumuge harakaathah vanee lolhun araafa. Raajje thereyga gendhiya eki eki quruan program thah vanee huttifa. Quruan ge ilmu fethurumuge kankan varugadha kuran jehey @FaisalNasym https://t.co/ZoNMX66aGH
— Mohamed Shaheem Ali Saeed (@Mohamedshaheem1) September 28, 2020
ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރައްވައި ނައިބު ރައީސް ވަނީ، ދީނީ އެއްބައިވަންތަކަން އާލާކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ޢިލްމު ފެތުރުމަށް ޢިލްމުވެރިން ކުރަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި އެ ބޭފުޅުންނަށް އެމަނިކުފާނު ޝުކުރު އަދާކުރައްވާފައެވެ.




