ނަޝީދު މިއަދު އުސްފަސްގަނޑުގައި މަޑި އަރުވަނީ -ފޮޓޯ: ސަން

މަޖިލިސް ތެރެއިން އިސްލާމް ދީނާ ޚިލާފުކަމެއް ނުހިނގާނެ - ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި މާތްވެގެންވާ އިސްލާމްދީނާ ޚިލާފު އެއްވެސް ކަމެއް ނުހިނގާނެކަމަށް، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ވަޑައިގަންނަވާނެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ، މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް އެމަނިކުފާނު ގެންނަވަން އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ އިއްތިފާޤުން ފާސްކުރެއްވުމާ ގުޅިގެން މީޑިއާއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ހިނގާނީ، ވާދަވެރި ސިޔާސީ ޕާޓީތައް އެކުލެވޭ ނިޒާމްތަކުގައި މަޖިލިސް ހިނގާ އުޞޫލުން ދިވެހރާއްޖޭގެ ޤާނޫނު އަސާސީއާ ޚިލާފު ނުވާގޮތަކަށެވެ.

"ފުރަތަމަ ކަމަކަށް މަޖިލިސްގައި ކަންކަން ހިނގާނީ ޤާނޫނާ އެއްގޮތަށް، އަދި މަޖިލިސް ހިނގަމުންދާނީ ވާދަވެރި، ގިނަ ޕާޓީ ހިމެނޭ ސިޔާސީ ނިޒާމާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން. އެއްވެސް ޝައްކެތް ނެތް ގޮތުގައި އިސްލާމީ އުޞޫލުތަކާ ހަމަތަކާއި ޚިލާފު އެއްވެސް ކަމެއް މަޖިލީހަކުން ހިނގައިގެނެއް ނުދާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އައު މަޖިލީސް ހިނގާނީ ދިވެހި ރައްޔިތުން އެދޭގޮތަށް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލިސް ހިނގަމުންދާނީ ދިވެހި ރައްޔިތުންގެ އެދުމަށް. އަދި ރައްޔިތުންގެ އުއްމީދުތައް އަދި އެޖެންޑާ 19 އަށް ވަރަށް ގިނަ ރައްޔިތުން ވޯޓް ދެއްވާފައި މިވަނީ، އެހެންވީމާ ރައްޔިތުންގެ އުއްމީދުތަކާ އެއްގޮތަށް އިރާދަކުރެއްވިއްޔާ މި 19 ވަނަ މަޖިލިސް އަޅުގަނޑުމެންނަށް ހިންގޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
41
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ