ހޮސްޕިޓަލުގައި ފަރުވާ ހޯދުމަށްފަހު، ޓްރަމްޕް ވައިޓް ހައުސްއަށް ބަދަލުކޮށްފި

ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ހޮސްޕިޓަލްގައި ފަރުވާ ހޯދުމަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. ޓްރަމްޕް ދެން ބަލިން ރަނގަޅުވުމަށް ފަރުވާ ހޯދުމަށް ދުވަސްތައް ހޭދަކުރާނީ، އެމެރިކާގެ ވައިޓް ހައުސްގައެވެ.

ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ފަރުވާ ހޯދުމަށް އެޑްމިޓްކޮށްފައިވާ ވޯލްޓާ ރީޑްސް ހޮސްޕިޓާ ދޫކޮށް ވައިޓް ހައުސްއަށް ވަޑައިގަނެފައި މިވަނީ ހޮސްޕިޓަލުގައި ތިން ދުވަސްވަންދެން ފަރުވާއަށް މަޑުކުރުމަށްފަހުއެވެ.

ޓްރަމްޕއ ވައިޓް ހައުސްއަށް ވަޑައިގަނެފައިވަނީ، މެރިން ވަންގެ ހެލިކޮޕްޓަރެއްގައެވެ.

ވައިޓް ހައުސްއަށް ދަތުރު ފެށުމުގެ ކުޑަ ވަގުތުކޮޅެއްގް ކުރިން ހޮސްޕިޓަލުގައި އޮންނަވައިގެން ކުރި ޓްވީޓެއްގައި ޓްރަމްޕް ބުނީ، އޭނާ މިއަދު ހޮސްޕިޓާ ދޫކޮށް ވައިޓް ހައުސްއަށް އެނބުރި ދާނެކަމަށެވެ. އަދި އެތާގައި ފަރުވާ ހޯދުން ކުރިއަށް ދޭނެކަމަށާއި ކުރިއަށް ރިޔާސީ އިންތިހާބުގެ އިލެކްޝަން ކެމްޕެއިންވެސް އަލުން ފައްޓަވާނެކަމަށެވެ.

ވައިޓް ހައުސްގެ ޑޮކްޓަރު ޝޯން ކޯންލީ ބުނެފައި ވަނީ އެމަނިކުފާނުގެ ހާލު ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަ ކަމަށެވެ. މީގެ 20 އަހަރު ކުރިން ހުރި ހާލަށްވުރެ މިހާރު މިހާރު ހާލު މާ ރަނގަޅު ކަމަށް ޓްރަމްޕް ބުނެފައިވެއެވެ.

ޓްރަމްޕާއި އޭނަގެ އަނބިކަބަލުން މެލޭނިއާ ޓްރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވްވި އިރު، ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ވަނީ މަހަކަށްވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ