ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓާ - ފޮޓޯ:އަލީ ވިޝާމް

ޓްރީ ޓޮޕުން ޕީސީއާރު ޓެސްޓު ކުރެވޭ އަގުތައް ތިރިކޮށްފި

ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮވިޑް-19 ޕީސީއާރު ޓެސްޓު ކުރެވޭ އަގުތައް ތިރިކޮށްފިއެވެ.

އެގޮތުން ޓްރީ ޓޮޕުން ބުނީ މާދަމާއިން ފެށިގެން އެ ހޮސްޕިޓަލުން ކޮވިޑް-19 ޕީސީއާރު ޓެސްޓު ކުރެވޭ އަގުތައް ތިރިކުރެވިފައިވާއިރު، ދިވެހިންނަށް އެ ހޮސްޕިޓަލުން ޕީސީއާރު ޓެސްޓު ހެދޭނީ 1,399 ރުފިޔާއަށް ކަމަށެވެ. އަދި ވޯކް ޕާމިޓް ބިދޭސީންނަށް 1,399 ރުފިޔާއަށް ޕީސީއާރު ޓެސްޓު ހެދޭއިރު، ފަތުރުވެރިންނަށް މިހާރު 1,499 ރުފިޔާއަށް ޕީސީއާރު ޓެސްޓް ހެދޭނެކަމަށްވެސް ޓްރީ ޓޮޕުން ބުންޏެވެ.

އަދި އެ ހޮސްޕިޓަލުގައި މިއަދު އާ ޕީސީއާރު މެޝިނެއް ބެހެއްޓި ޓެސްޓް ކުރެވޭ އަދަދުވެސް މާދަމާއިން ފެށިގެން އިތުރުކުރެވިފައިވާއިރު، ސާމްޕަލް ނެގޭތާ ލަސްވެގެން 48 ގަޑިއިރު ތެރޭ ނަތީޖާ ރިޕޯޓު ލިބޭނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

އަދި އަވަހަށް ނަތީޖާ ބޭނުންވާ ފަރާތްތަކަށް ޚާއްސަ ޕެކޭޖެއްގެ ދަށުން އެޚިދުމަތް ލިބޭނެކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ޓްރީ ޓޮޕުން ބުނީ އެ ހޮސްޕިޓަލުގައި އާ ޕީސީއާރު މެޝިނެއް ބެހެއްޓި އަގުތަކަށް ބަދަލު ގެނެސްފައި މިވަނީ މިވަގުތު ރާއްޖޭގައި ގިނައަދަދަކަށް ޕީސީއާރު ޓެސްޓު ހެދުމަށް ބޭނުންޖެހިފައިވާތީކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ