ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ފަރާތްތަކަށް އާންމުކޮށް ނަމާދު ކުރުމަށް ހަރަމްފުޅު ހުޅުވާލިކަން ސައުދީ ސަރުކާރުން ހާމަކޮށްފިއެވެ.
ސައުދީ ސަރުކާރުން ހަރަމްފުޅު އާންމުކޮށް ހުޅުވާލައިފައި މިވަނީ ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް ހަތްމަސްދުވަސް ވަންދެން ހަރަމްފުޅު އާންމު ނަމާދުތަކަށް އާމުންނަށް ހަރަމްފުޅު ބަންދުކޮށްފައި ބޭއްވުމަށް ފަހުއެވެ.
ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް ސައުދޫ ސަރުކާރުން އަޅައިފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފަށައިފައިވާއިރު ސައުދީ އަރަބިއްޔާއިންވަނީ މިމަހުގެ ކުރީކޮޅު އުމުރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާގައި އުޅޭ ފަރާތްތަކަށް މައްކާއާއި އަދި މަދީނާ ހުޅުވާލަ ދީފައެވެ.
އުމުރާގެ އަޅުކަން އަދާކުރުމުގެ ހުއްދަދިންފަހުން ފާއިތުވެދިޔަ 13 ދުވަހުގެ ތެރޭގައި 75 ހާހަށްވުރެ ގިނަ މީހުން އުމްރާގެ އަޅުކަން ފުރިހަމަކޮށްފައި ވެއެވެ. އުމްރާގެ ދެވަނަ ފިޔަވަހިކަމަށްވާ މައްކާއިން ބޭރު ސައުދީ އެހެން ރައްޔިތުންނަށް ޙަރަމްފުޅު ހުޅުވާލީ ރަބީއުލްމަހުގެ 1 ވަނަދުވަހާއި ދިމާކޮށް މިއަދުއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އުމްރާއަށް އަންނަ ރައްޔިތުންނަށް ޙަރަމްފުޅު ހުޅުވާލާނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ. މި ފިޔަވަހީހަގައި ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ 20 ހާސް މީހުންނަށެވެ. އަދި ދުވާލަކު މައްކާގެ ހަރަމްފުޅަށް ވަދެވޭނީ 60 ހާސް މީހުންނަށެވެ.




