ފޮޓޯ: ވަގުތު

އައްޑޫ ސިޓީގައި ކަތިވަޅިން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފި

އައްޑޫ ސިޓީގައި ޒުވާނަކަށް ކަތިވަޅިން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މިނޫހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ކަތިވަޅީގެ ހަމަލާ އަމާޒުވި ޒުވާނާގެ އަތުގެ ދެ އިނގިލި ބުރިވެފައިވާއިރު، އުނަގަނޑާއި، ފަޔާއި ބުރަކަށްޓަށްވެސް ހަމަލާދީ ޒަހަމްކޮށްލާފައިވެއެވެ. އޭނާގެ ހާލު ސީރިއަސް ކަމަށްވެސް މަޢުލޫމާތު ލިބިފަައިވެއެވެ.

ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫގައި ދެ ގްރޫޕެއްގެ ދެމެދުމުގައި ހިނގި މާރާމާރީއެއްގައި ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައިވާ މައްސަލައެއް މިރޭ 12:28 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ޒަހަމްވެފައިވާ ޒުވާނާ - ފޮޓޯ: އެމްވީކްރައިސިސް

"މި މާރާމާރީގައި އަނިޔާލިބުނު މީހާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުން. އަނިޔާލިބުނު މީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައިވޭ." ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
14
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ