އައްޑޫ މާރާމާރީ: އަނިޔާވި ޒުވާނާ އައިސީޔޫގައި

އައްޑޫ ސިޓީގައި ރޭ ޒުވާނަކަށް ކަތިވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވާއިރު، މި މާރާމާރީގައި ޒަހަމްވި ޒުވާނާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އެބަދެއެވެ.

އައްޑޫ އިއުޓޯރިއަލް ހޮސްޕިޓަލުން މި ނޫހަށް މައުލޫމާތު ދެއްވިގޮތުގައި ރޭ ޒަހަމްވެފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ޒަަހަމްވި މީހާ މިހާރު ވަނީ އައިސީޔޫއަށް ބަދަލުކޮށްފައި ކަމަށެވެ. ނަމަވެސް އޭނާ "ވައިޓަލީ ސްޓޭބަލް" ކަމަށް ވިދާޅުވިއެވެ.

މިނޫހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ކަތިވަޅީގެ ހަމަލާ އަމާޒުވި ޒުވާނާގެ އަތުގެ ދެ އިނގިލި ބުރިވެފައިވާއިރު، އުނަގަނޑާއި، ފަޔާއި ބުރަކަށްޓަށްވެސް ހަމަލާދީ ޒަހަމްކޮށްލާފައިވެއެވެ. އޭނާގެ ހާލު ސީރިއަސް ކަމަށްވެސް މަޢުލޫމާތު ލިބިފަައިވެއެވެ.

ފުލުހުން ރޭ ވިދާޅުވެފައިވަނީ، އައްޑޫ ސިޓީ ހިތަދޫގައި ދެ ގްރޫޕެއްގެ ދެމެދުމުގައި ހިނގި މާރާމާރީއެއްގައި ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައިވާ މައްސަލައެއް ރޭ 12:28 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި  މި މާރާމާރިއާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މިއަދު ވަނީ ވިދާޅުވެފައެވެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ