އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕެއިން ވެބްސައިޓް ހެކް ކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕެއިން ވެބްސައިޓް ބުދަ ދުވަހުގެ މެންދުރު ފަހު ހެކް ކޮށްފިއެވެ.

ޓަރަމްޕް ގެ ކެމްޕެއިން ވެބްސައިޓް ކަމަށްވާ "donaldjtrump.com" އަށް ވަނުމުން އަރާ މެސެޖްގައި ބުނެފައިވަނީ މި ވެބްސައިޓް ހެކް ކޮށްފައިވާ ކަމަށެވެ.

އަދި ޓްރަމްޕް ކޮންމެ ދުވަހަކު ފަތުރާ ދޮގު ހަބަރުތައް މިހާރު ފުދިއްޖެ ކަމަށާއި އަދި މިވަގުތަކީ ޓްރަމްގެ ހަގީގަތް ދުނިޔެއަށް ހާމަކުރާ ވަގުތު ކަމަށް ވެބްސައިޓްގައި ބުނެފައި ވެއެވެ.

މި މެސެޖްގައި ބުނެފައިވަނީ، ޓަރަމްޕްގެ ގެ ހަގީގަތް ހާމަ ވާވަރަށް ހެކި އެބަހުރި ކަމަށާއި މި ހެކި ތަކުން ޓްރަމްޕް އަކީ ކުއްވެރިއެއް ކަމަށާއި 2020 ވަނަ އަހަރުގެ އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވާކަން ހާމަވާނެ ކަމަށެވެ.

"މިއަދަކީ ޓްރަމްޕްގެ ހަގީގަތް ހޯދަން ބޭނުންވާކަން ނުވަތަ ނުވާކަން މުޅި ދުނިޔެ ކަނޑައަޅާ ދުވަސް" ވެބްސައިޓްގައި ވާ މެސެޖްގައި ބުނެފައި ވެއެވެ.

މި މެސެޖްގައި ހެކްކުރި ފަރާތްތަކުން އިތުރަށް ބުނެފައިވަނީ، ފައިސާ ޖަމާކުރުމުން މި ހެކިތައް ފޮނުވައިދޭނެ ކަމަށެވެ.

ނަމަވެސް ގިނަ އިރުތަކެއް ނުވެ ޓަރަމްޕެ ކެމްޕެއިން ވެބަސައިޓް ވަނީ ރަނގަޅު ކޮށްފައެވެ. ޓަރަމްޕްގެ ކެމްޕެއިން ޓީމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ވެބްސައިޓް ހެކް ކުރި ކަމުގެ މައުލުމާތު ލިބިފައިވާ ކަމަށެވެ.

އަދި ކަމާގުޅޭ އިދާރާތަކާއި ގުޅިގެން ހެކް ކުރި ބައެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ވެބްސައިޓްގައި އެކަހަލަ އެއްވެސް މައުލޫމާތެއް ނުހުންނާނެ ކަމަށް ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ