މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

ފުލުހުން ސަރުކާރު ވައްޓާނުލާނެ ޔަޤީންކަންދޭނަމަ، ރައްޔިތުންގެ ކިބައިން މައާފަށް އެދެންޖެހޭ: އިންތި

މިހާރުގެ ސަރުކާރުގެ މުވައްސަސާއިން ސަރުކާރު ވައްޓާލަން ނުނިކުންނާނެކަމުގެ ޔަޤީންކަންދޭނަމަ، ފުލުހުން ރައްޔިތުންގެ ކިބައިން ރަސްމީކޮށް މާފަށް އެދެން ޖެހޭނަކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު(އިންތި) ފަހުމީ ވިދާޅުވެއްޖެއެވެ.

އިންތި މިފަދައިން ވިދާޅުވެފައި މިވަނީ، 2012 ވަނަ އަހަރުގެ ފެބަރުއަރީ 7 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އިދިކޮޅު ފަރާތްތަކާއި އޭރުގެ ސަލާމަތީ ބާރު ގުޅިގެން ނިކުމެ ވެރިކަން ވައްޓާލިއިރު، އެފަދަ ކަމެއް ކުރިއަށް އޮތްތާގައި ތަކުރާރު ނުވާނެކަމުގެ ޔަޤީންކަން ދޭކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވުމާއި ގުޅިގެންނެވެ.

އިންތި މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުން ސަރުކާރު ވައްޓާނުލާނެކަމުގެ ޔަޤީންކަން އޮތްކަމަށްވާނަމަ ކިތަންމެހާ ވެސް ރަނގަޅުކަމަށެވެ.

ނަމަވެސް އެ ޔަޤީންކަން ރައްޔިތުންނަށް އެރުވުމަށް ބޭނުންވާ އެންމެ ކުޑަ މިންވަރަކީ، “ޓުރުތު އެންޑް ރީކޮންސިލިއޭޝަން" ގެ އުސޫލުން އެ މުއައްސަސާއިން ރައްޔިތުންގެ ކިބައިން ރަސްމީކޮށް މާފަށް އެދުން ކަމަށް ދެކޭކަމަށް އިންތި ވިދާޅުވިއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި އިއްޔެ ވާހަކަދައްކަވަމުން، ހަމީދު ވިދާޅުވީ، ފުލުހުންގެ މުއައްސަސާގައި މިއަދު ތިބި ފަރާތްތައް ވެސް އަދި ކުރިޔަށް ފުލުހުންގެ މުއައްސަސާ އަށް ގުޅޭނެ ފަރާތްތައް ވެސް އެފަދަ ކަމެ ތަކުރާރު ކުރައްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މިހާރުގެ ފުލުހުންގެ މުއައްސަސާ އިން ނިކުންނާނީ އެފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަށް ކަންކަން ޕްލޭންކޮށްގެން ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ