މުންދޫ ޔޫތް ސްޕޯޓްސް (ކޭ.ވައި.އެސް)ގެ ފަރާތުން ކުރިއަށް ގެންދާ "ކޭވައިއެސް ވިމެންސް ފުޓްސަލް ލީގް 2020" ގައި މިއަދު ހަވީރު ކުޅުނު މެޗު، ސީއެސް ވިމަންސް އިން ކާމިޔާބުކޮށްފިއެވެ.
މިއަދު ހަވީރު ކުޅުނު މި މެޗުގައި ޒީރު ސްޓާސް އާއި ސީއެސް ވިމެންސް ބައްދަލުކުރިއިރު މި މެޗު ސީއެސް ވިމެންސް އިން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާ އަކުންނެވެ.
މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީއެސް ވިމެންސްގެ ޖާޒީ ނަންބަރު 10، ސަހުލާ އާދަމެވެ. ސަހުލާ އާދަމް ވަނީ މި މެޗްގައި ސީއެސް ވިމަންސް އަށް އެއް ގޯލު ކާމިޔާބު ކޮށްދީފައެވެ. އަދި އެ ޓީމުގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރު 13 ސާލިމާ މުހައްމަދެވެ.

މި މުބާރާތުގައި ސީއެސް ވިމަންސް ކުޅުނު ހުރިހާ މެޗަކުން ވަނީ މޮޅުވެފައެވެ. އެގޮތުން މި މުބާރާތުގައި ސީއެސް ވިމަންސް ކުޅުނު ފުރަތަމަ މެޗު، ޒީރު ސްޓާސް އާއި ވާދަކޮށް އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާ އަކުންނެވެ. އަދި އެޓީމުން ކުޅުނު ދެވަނަ މެޗު، އެފްސީ ރެހެންދި އާއި ވާދަކޮށް މޮޅުވެފައިވަނީ، 10-0 ގެ ނަތީޖާއަކުންނެވެ. އަދި ރޭ ޓާފް ކުއީން އާއި ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު މޮޅުވެފައިވަނީ 5-0 ގެ ނަތީޖާއަކުންނެވެ.
ޒީރު ސްޓާސް އިން ކުޅުނު ފުރަތަމަ މެޗު، ޓާފް ކުއީން އާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުން ދަށްވެފައިވާއިރު ދެވަނަ މެޗުގައި އެފްސީ ރެހެންދިއާއި ބައްދަލުކޮށް 1-0 ގެ ނަތީޖާއަކުން މޮޅުވެފައި ވެއެވެ. އަދި ތިންވަނަ މެޗުގައި ސަންދިޔާ އާއި ބައްދަލުކުރިއިރު އެ މެޗުން ދަށްވެފައިވަނީ 0-3 ގެ ނަތީޖާއަކުންނެވެ.
މި މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ސީއެސް ވިމަންސް އިން ކަށަވަރުކޮށްފައިވާއިރު ފައިނަލްގައި ކުޅޭނެ ދެވަނަ ޓީމު ކަށަވަރުވާނީ މިރޭ ކުޅޭ މެޗުންނެވެ. މިރޭގެ މެޗުގައި ބައްދަލުކުރާނީ ޓާފް ކުއީން އާއި ސަންދިޔާއެވެ. މެ މެޗުން މޮޅުވާ ބައެއް ފައިނަލަށް ދާނެއެވެ.



