ކުމުންދޫ ކަނޑޫ ގަސްތަކުގެ ހިމާޔަތުގައި އަންހެން ކަނބަލުން ކުރިއަށް!

ހދ. ކުމުންދޫ ކަނޑޫ ގަސްތަކުގެ ހިމާޔަތުގައި އަންހެން ކަނބަލުން ކުރިއަށް ނުކުމެއްޖެއެވެ.

ރާއްޖޭގެ ގިނަ ރަށްތަކުގެ ކަނޑޫފާތަކެކޭ އެއްފަދައިން ކުމުންދޫގެ ކަނޑޫފަލުންވެސް އާދަޔާ ޚިލާފަށް ގިނަ ގަސްތަކެއް މަރުވަމުންދާކަންވަނީ ފާހަގަކުރެވިފައެވެ. އެގޮތުން މިނޫހަށް މަޢުލޫމާތު ދިން ފަރާތެއް ބުނެފައިވަނީ ކަނޑޫފަލުގައި ހުރި ބޮޑެތި ބިޔަ ގިނަ ގަސްތައް މިހާރުވެސް ހުރީ މަރުވެފައިވާކަމަށާއި، އަދި ގަސްތައް މަރުވަމުން އަންނަކަން ފާހަގަކުރެވޭތާ ދުވަސްތަކެއް ވެފައިވާކަމަށް ބުންޏެވެ.

އަދި ކަނޑޫފަލުން ގަސްތައް މަރުވުމަށްދިމާވާ ސަބަބަކީ އެސަރަޙައްދުގައި މާގިނައިން "ތަކަފަތިގަސް" އާލާވަމުންދާތީކަމަށް އިހުގެ މީހުން ބުނާކަމަށް މިނޫހަށް މަޢުލޫމާތު ދިން ފަރާތުން ބުންޏެވެ.

އިޤްތިޞާދީ ގޮތުން ކިތަންމެ ބޮޑު ބަދަލެއްވެސް އަތުވެދާނެކަން މިއަދު ޤަބޫލުކުރެވޭއިރު، އިހުޒަމާނުއްސުރެ އެކި ރަށްރަށުގައި މީހުން ހައިހޫނުކަން ފިލުވަން ބޭނުންކުރި މިފަދަ ތަންތަނަކީ މިއަދު ކޮންމެހެންވެސް ބަލަންޖެހިފައިވާ ތަންތަނެވެ. މިފަދަ ތަންތަނަށް އަޅާނުލައި ދޫކޮށްލައިފިނަމަ މިފަދަ ތަންތަން ނެތި ދިއުމަކީވެސް މާ ދުރުގައި އޮތް ކަންކަމެއް ނޫނެވެ.

މިއަދު ކުމުންދޫއިން ސާބިތުކަމާއެކު ކަނޑޫފާގެ އިތުރު ގަސް އިންދައި ކަނޑޫފާ އާލާކުރުމަށް ނުކުމެތިބީ ޒުވާން އަންހެން ކަނބަލުން ކޮޅެކެވެ. ކުމުންދޫ ގެ ސީ.އެސް ވިމެންސް ޢާ ސަންދިޔަ އަންހެން ފުޓުސެލްޓީމުގައި ހިމެނޭ މިކަނބަލުން އިސްނަގައިގެން އިއްޔެވަނީ ކަނޑޫ ގަސް އިންދުމުގެ ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މިނޫހަށް މަޢުލޫމާތު ދެމުން މިޕްރޮގްރާމް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއްބުނީ އިއްޔެ ކުރިއަށް ދިޔަ މިޕޮރުގުރާމުގައި 1000 ގަސް ކަނޑޫ ކަނޑޫފަލުގައި ގަސްތަށްމަރުވެފައިވާ ތަނުގައި އިންދާފައިވާނެކަމަށެވެ. އަދި މުސްތަޤުބަލްގައި މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމުގެ އަމާޒުހުރިކަމަށް މިނޫހަށް މަޢުލޫމާތު ދެމުން ހީވާގި މިކަނބަލުންވަނީ ބުނެފައެވެ.

 

އަދި މިފަދަ ދަނޑިވަޅެއްގައި މުސްތަޤުބަލަށް ވިސްނައި މިފަދަ މުހިންމު ތަންތަން ސަލާމަތްކުރުމުގައި އެންމެންހައި ރައްޔިތުން އެއްބާރުލުންދިނުމަށް މިކަނބަލުންވަނީ ގޮވާލާފައެވެ.

މިލިޔުން ކިޔާލުމުން
83
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ