އެމް.ޑަބްލިޔު.އެސް.ސީއިން ހދ.ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މިމަޝްރޫޢުގެ މަސައްކަތް އިފްތިތާޙުކޮށްދެއްވާފައިވަނީ، ކުމުންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މިކުންފުނީގެ ޗެއާމަން އަލްފާޟިލް އަޙުމަދު މައުސޫމު އާއި މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހު އާއި މަކުނުދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޞިލް މުޙައްމަދު ރާޢީ، ހދ. ކުމުންދޫ ކައުންސިލްގެ ރައީސް އަލްފާޞިލް މިހައްމަދު ހުސެން އާއީ ކައުންސިލްގެ ނައިބު ރައީސް ހަސަން ހުސެން އާދަމްއެވެ. މި ރަސްމީޔާތުގައި މި ކުންފުނީގެ މެނޭޖްމެންޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ކުމުންދޫއަށްގެނެވި، ހޮޅިވަޅުލުމުގެ މަސައްކަތާއި އަދި ފެން ޕްލާންޓް ބެހެއްޓުމަށް ޢިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތްތައްވެސް މިހާރު ދަނީ ކުރެވެމުންނެވެ.
MP for Makunudhoo Constituency @Mraee12, Managing Director @hassanshaahu and Kumundhoo Council presient Ameen Mohamed groundbreaking HDh.Kumundhoo Water & Sewerage project, being undertaken by #TeamMWSC#MWSCAsaasee pic.twitter.com/3qNOXDCzJ1
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) April 2, 2021
މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކުމުންދޫގައި 14 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި، އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބެހެއްޓުން ހިމެނެއެވެ. އަދި މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ.
މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކުމުންދޫގައި 10 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކް ޤާއިމްކުރުމާއި، 2.4 ކިލޯ މީޓަރގެ ޕަންޕިން ލައިން އެޅުމާއި 5 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ.
ކުމުންދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނެޖިންގ ޑިރެކްޓަރ ހަސަން ޝާހް ދެއްކެވި ވާހަކައިގައި ވިދާޅުވީ، ކުމުންދޫގެ ފެނާއި ނަރުދަމާގެ ނިޒާމަކީ ދިވެހި ސަރުކާރުން އެމްޑަބްލިޔު އެސްސީއާ ހަވާލުކޮށްގެން ކުރިއަށްދާ އެންމެ އަގުބޮޑު ޕްރޮޖެކްޓް ކަމަށެވެ މިމަޝްރޫޢަކީ ގާތްގަޑަކަށް 103 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މިޕްރޮޖެކްޓް އިފްތިތާހް ކުރުމަށް ކުމުންދޫއަށް ވަޑައިގަތުމުން ކުމުންދޫ ރައްޔިތުން ދިން މެހްމާން ދާރީން ދޭހަކޮށްދެނީ ރަށުގެ ރައްޔިތުން ފެނާއި ނަރުދަމާގެ އަސާސީ މިޚިދުމަތަށް ބޭނުވެފައި ތިބި މިންވަރު ކަމަށާއި. މިމަސައްކަތް ރައްޔިތުން ބޭނުންވާ އަދި ފަޚުރުވެރިވާ މިންވަރަށް ކުރިއަށް ގެންގޮސް ޝެޑިއުލްއަށްވުރެ ކުރިން މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާ ކަމަށް ޝާހް ވިދާޅުވިއެވެ.
ޚަބަރާއި ފޮޓޯ: މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް



