ކުމުންދޫ ޔޫތް ސްޕޯޓްސް (ކޭ.ވައި.އެސް)ގެ ފަރާތުން ކުރިއަށް ގެންދާ "ކޭވައިއެސް ވިމެންސް ފުޓްސަލް ލީގް 2020" ގައި މިރޭ ކުޅުނު މެޗު، ސަންދިޔާ އިން ކާމިޔާބުކޮށް ފައިންލްގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.
ފޯރިގަދަ މި މެޗުގައި ސަންދިޔާ އާއި ޓާފް ކުއީން ބައްދަލުކުރިއިރު މި މެޗް ސީއެސް ވިމެންސް ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާ އަކުންނެވެ.
މިމެޗުގެ ކްއީން އޮފް ދަ މެޗް ލިބިފައިވަނީ ސަންދިޔާ ގެ ސާއިދާ ހަސަނަށެވެ. މި މެޗްގައި ސާއިދާ ވަނީ ސަންދިޔާއަށް އެއް ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި ދެވަނަ ގޯލު ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ސަޒުލާ ހަސަނެވެ.

މި މުބާރާތުގައި ސަންދިޔާއިން ވަނީ އެއް މެޗުން ފިޔަވައި އެހެން ހުރިހާ މެޗަކުން މޮޅު ވެފައެވެ. ސަންދިޔާއިން ކުޅުނު ފުރަތަމަ މެޗުގައި ސީއެސް މިމެންސް އާއި ބައްދަލުކޮށް ދަށްވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި ޒީރު ސްޓާސް އާއި ބައްދަލުކޮށް އެ މެޗުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއި ތިންވަނަ މެޗުގައި އެފްސީ ރެހެންދިއާއި ބައްދަލުކޮށް 1-0 ގެ ނަތީޖާއަކުން މޮޅުވެފައިވެއެވެ.
މި މުބާރާތުގައި ޓާފް ކުއީން ކުޅުނު ފުރަތަމަ މެޗުން، އެ ޓީމު ވަނީ މޮޅުވެފައެވެ. ޒީރު ސްޓާސް އާއި ދެކޮޅަށް ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާ އަކުންނެވެ. އެޓީމުން ކުޅުނު ދެވަނަ މެޗު، އެފްސީ ރެހެންދި އާއި ވާދަކޮށް މޮޅުވެފައިވަނީ، 10-0 ގެ ނަތީޖާއަކުންނެވެ. އަދި އެ ޓީމުން ކުޅުނު ތިންވަނަ މެޗު ސީއެސް ވިމަންސް އާއި ބައްދަލިކޮށް ދަށްވެފައިވަނީ 5-0 ގެ ނަތީޖާއަކުންނެވެ.
"ކޭވައިއެސް ވިމެންސް ފުޓްސަލް ލީގް 2020"ގެ ފޯރިގަދަ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 11 ވާ ބުދަ ދުވަހުއެވެ. މި މެޗްގައި ސީއެސް ވިމަންސް އާއި ސަންދިޔާ ބައްދަލުކުރާއިރު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ކުމުންދޫ ފުޓްސަލް އެރީނާގައެވެ.



