ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް)ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސިވިލް ސާވިސް އިން މި ފުރުސަތު ހުޅުވާލާފައިވާއިރު އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އާއިޝަތު ސޫޒަން ހަނީފު ސަސްޕެންޑް ކުރި ފަހުން އޭނާ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
އެ ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 29 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މިނިސްޓްރީ އޮފް ޓޫރިޒަމް އަށް ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހަކު ހަމަޖެއްސުމަށްޓަކައި، އެ މަޤާމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާ ކަމަށެވެ.



