ރާއްޖޭގެ ހަ ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް ހަވާލުކޮށްފިއެވެ. މި މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށް ސޮއިކުރީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.
މި މަޝްރޫޢުގެ ދަށުން މި ހަ ރަށުގެ ބިމުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ބިން ހިއްކައި ރިވެޓްމެންޓް ޤާއިމްކުރެވިގެންދާނެކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން، ކުރިޔަށްގެންދާ މަސްރޫއުތަކާއި ހަވާލުކޮށްފައިވާ މުއްދަތު:
1. ރ. ދުވާފަރުން 22.2 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު (445 ދުވަސް)
2. ހއ. އިހަވަންދޫއިން 25 ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއު (365 ދުވަސް)
3. އއ. އުކުޅަހުން 10 ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއު (235 ދުވަސް)
4. ތ. ހިރިލަންދޫއިން 20 ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއު (285 ދުވަސް)
5. ގއ. ދާންދޫއިން 25 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު (350 ދުވަސް)
6. މ. ދިއްގަރުން 25 ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއު (450 ދުވަސް
މި 6 މަޝްރޫއުގެ އަގަކީ ޖުމްލަ، 752 މިލިއަން ދިހަހާސް ފައްސަތޭކަ އައްޓިހަ ތިންރުފިޔާ، ފަންސާސް ތިންލާރިއެވެ.