ރާއްޖޭގެ 5 ރަށެއްގެ ފެނުގެ ނިޒާމުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢު މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ)އަށް މިއަދު ހަވާލުކޮށްފިއެވެ.
މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތު ޝާނާ ފާރޫގެވެ. އަދި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހެވެ.
މި މަޝްރޫޢުތަކުގެ ތެރެއިން، ފެނުގެ ނިޒާމުގެ ވިޔުގަ އެޅުމާއި، އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ޤާއިމްކޮށް އަދި ގޭ ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުން ހިމެނޭ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ.
ކުރިޔަށްގެންދާ މަސްރޫއުތަކާއި ހަވާލުކޮށްފައިވާ ކޮންޓްރެކްޓް އަގުތައް:
- އއ. މަތިވެރީގެ ފެނުގެ ނިޒާމް: 38,829,270.78 ރުފިޔާ
- ހއ. މުރައިދޫގެ ފެނުގެ ނިޒާމް: 46,850,266.20 ރުފިޔާ
- ށ. ފީވަކުގެ ފެނުގެ ނިޒާމް: 49,603,418.19 ރުފިޔާ
- ނ. ހެނބަދޫގެ ފެނުގެ ނިޒާމް: 41,360,972.02 ރުފިޔާ
- ރ. އިންނަމާދޫގެ ފެނުގެ ނިޒާމް: 50,771,305.44 ރުފިޔާ
މި 5 ރަށުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢު އެމްޑަބްލިއުއެސްސީ އާއި ހަވާލިކޮށްފައިވަނީ 15 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އަދި މި މަޝްރޫއުތަތަކަކީ އެއް އަހަރުގެ މުއްދަތަށް ދައުލަތުން ފައިސާ ދައްކަން ނުޖެހޭ ގޮތަށް 4 އަހަރަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ކުރިއަށް ގެންދާ މަޝްރޫޢުތަކެކެވެ.