ވަނުއާޓޫއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެނިއްޖެ

ތިން ލައްކަ މީހުންގެ އާބާދީއެއް އުޅޭ، ސައުތް ޕެސިފިކް ކަނޑުގެ ޖަޒީރާ ގައުމެއް ކަމަށްވާ ވަނުއާޓޫ އިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެނިއްޖެއެވެ.

ވަނުއާޓޫ ފާހަގަވެގެންދަނީ މިހާތަނަށް ކޮވިޑް-19 އަށް މީހަކު ފައްސިނުވާ މަދު ގައުމުގެ ތެރެއިން ގައުމެއްގެ ގޮތުގައެވެ.

ނަމަވެސް އެގައުމުން ކޮވިޑް-19 އަށް ފައްސިވެފައިވަނީ އެމެރިކާއިން އައި މީހަކު ކަރަންޓީނުގައި ހުއްޓައެވެ.

އެ ގައުމުގެ ސިއްހީ އިދާރާތަކުން ބުނެފައިވަނީ، މި މަހުގެ ހަތަރުވަނަ ދުވަހު، އުމުރުން 23 އަހަރުގެ އޭނާ އެމެރިކާއިން އެ ގައުމަށް އައި އިރު ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި އަދި އޭނާ ކޮވިޑް-19 އަށް ފައްސިވެފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

އިދާރާތަކުން ބުނެފައިވާ ގޮތުގައި އޭނާ އައި ފްލައިޓުން ދަތުރު ކުރި އެންމެން ކަރަންޓީނު ކުރާނެ ކަމަށާއި ނަމަވެސް ބޯޑަރު ބަންދުކުރުމަށް އަދި ނުވިސްނާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ