ފޮޓޯ: ސުރުހީ

މާސްކު އެޅުން މަޖުބޫރުކުރުން ނިމުމަކަށް ގެނެސްފި

ދިވެހިރާއްޖޭގައި މާސްކު އެޅުން މަޖުބޫރުކުރުން ނިމުމަކަށް ގެނެސްފިއެވެ.

ޢާއްމުކޮށް މާސްކުއެޅުން ގިނަ ދުވަސްތަކަކަށް މަޖުބޫރުކުރުމަށްފަހު، އެ ނިންމުން އުވާލިނަމަވެސް ދެ ހާލަތެއްގައި މާސްކުއެޅުން އަދިވެސް މަޖުބޫރުވާނެއެވެ.

އޭގެ ތެރޭގައި ހިމެނެނީ 20 އިންސައްތައަށްވުރެ މަތީގައި ކޮވިޑް-19 ފެތުރޭ ރަށްތަކުގަޔާއި، ޞިއްޙީ ފަރުވާދޭ އެންމެހާ ތަންތަނުގައެވެ. މީގެ އިތުރުން ތަޢުލީމީ ޚިދުމަތްދޭ ތަންތަނުގައި މާސްކް އެޅުމާއި ގުޅޭގޮތުން އަމަލުކުރާނެ ގޮތް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރާނެކަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވިއެވެ.

މިގޮތަށް ނިންމާފައިވަނީ މީގެ ދެ އަހަރު ކުރިން ރާއްޖޭގައި އިއުލާނުކުރި ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާއި ގުޅިގެންނެވެ.

މިކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްދާ ކޮވިޑާއި ގުޅިގެން ބާއްވާ ޚާއްޞަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މާސްކް އެޅުން މަޖުބޫރުކުރުން ނިމުމަކަށް ގެނައި ނަމަވެސް، ގިނަ މީހުން އެއްވެ އުޅޭ ތަންތަނުގަޔާއި ބަލި ފެތުރުމުގެ ފުރުޞަތު ބޮޑު ތަންތަނުގައި މާސްކް އެޅުމަށް ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކުން ބާރުއަޅައެެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ