އިދިކޮޅު ފަރާތްތަކުން ރާއްޖެ ވިއްކާލައިފިއޭ ކިއައިގެން ދައްކަނީ ދޮގު ވާހަކަ: ޑރ. އިޔާޒު

އިދިކޮޅު ފަރާތްތަކުން ރާއްޖެ ވިއްކާލައިފިއޭ ކިއައިގެން ދައްކަނީ ހުސްދޮގު ވާހަކަ ކަމަށް މައްޝޫރު ދީނީ އިލްމުވެރިއާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހްއަށް ތާއީދުކޮށްފައި ބަސްބުނަނީ ވަރަށް ރަނގަޅަށް ހަގީގަތް ބަލާފައި ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ރާއްޖެ ވިއްކާލައިފިއޭ ކިއައިގެން ދައްކަނީ ހުސްދޮގު ވާހަކަ ކަމަށާއި ކިތައްމެ ރުޅިއަޔަސް އަދުލުވެރިކަން ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.

ޑރ. އިޔާޒު މިމޭރުމުން ވާހަކަފުޅު ދައްކަވައިފައި މިވަނީ ރާއްޖެއާއި އިންޑިއާއާމެދު ވެވޭ އެއްބަސްވުންތަކަށް ފާޑު ވިދާޅުވާ ސަރުކާރާއި އިދިކޮޅު ބަޔެއް ފަރާތްތަކުން ރާއްޖެ އިންޑިއާއަށް ވިއްކާލައިފައިވާކަމަށް ތުހުމަތުކުރެވޭފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވަމުން އަންނަ ދަނޑިވަޅެއްގައެވެ.

ސަރުކާރު ހިމެނޭ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިން މަޖިލީހުގެ ނައިބުރައީސްކަންވެސް ކުރައްވާ އިޔާޒު މިރޭ އިތުރަށް ވިދާޅުވީ، މި ސަރުކާރުން ދީނީ އިލްމުވެރިންނަށް ފުރިހަމަ ބާރުވަނީ ދީފައި ކަމަށާއި 20 ވަރަކަށް އިލްމުވެރިން ރައީސުލް ޖުމްހޫރިއްޔާއާއި ބައްދަލުކުރަން އެދުމުން ވަގުތުން ފުރުސަތު ދެއްވި ކަމަށެވެ.

"މި ސަރުކާރުން ދީނީ އިލްމުވެރިންނަށް ފުރިހަމަ ބާރުވަނީ ދެއްވައިފައި،20 ވަރަކަށް އިލްމުވެރިން ރައީސުލް ޖުމްހޫރިއްޔާ އާއި ބައްދަލު ކުރަން އެދުމުން ވަގުތުން ފުރުސަތު ދެއްވި، ކަންބޮޑުވުންތައް އަޑު އައްސަވާ ހައްލު ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި" ޑރ. އިޔާޒު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް

2 Responses

  1. Mila kuni dr.

    mdn.ge meehunthakaa dhaulathuge ehen masooliyyathuthah havaalu kuri fahun e jamiyyage raeeskan kuranee kaleyhen heeveyey.

  2. މަގޭ

    އެމްޑީއެންނޭކިޔާޖަމުއްޔާއިންރަސޫލާއައްފާޑުކީމާއެޅިފިޔަވަޅަކީކޮބާތައިއާޒުތީމުނާފިގެއްކަންމިހާރުއިގެހާމަވެއްޖެރިސްފަތުނެގިޔަސްތީބޮޑުވަރެއް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ