ރާއްޖޭގެ ކަނޑުގެެ ސަރަޙައްދުން މަތިންދާ ބޯޓެއްގެ ފިޔަގަނޑެއް ފެނިއްޖެ

ރާއްޖޭގެ ކަނޑުގެެ ސަރަޙައްދުން މަތިންދާ ބޯޓެއްގެ ފިޔަގަނޑެއް ފެނިއްޖެއެވެ.

މިފިޔަގަނޑު ފެނިފައިވަނީ ދ. މީދޫ ތޮށިގަނޑާއި ދިމާލު ބޭރު މޫދުންނެވެ. އެ ފިޔަގަނޑު މީދޫ އާއި ހަމައަށް ގެންދިއުމުގައި އިސްކޮށް ހުރި ފަރާތަކާއި ޙަވާލާދީ "ވަގުތު" ނޫހުގައި ބުނެފައިވަނީ، އެ ފިޔަގަނޑުގެ ދިގުމިނުގައި 22 ވަރަކަށް ފޫޓު ހުންނާނެ ކަމަށެވެ.

މިއަދު އަސްރު ނަމާދު ވަގުތު މީދޫ ތޮށިގަނޑާއި ދިމާލު ބޭރު މޫދުން ދަނިކޮށް ފެނުނު މިފިޔަގަނޑު މީދޫއަށް ގެނެސްފައިވަނީ ހަވީރު 5:30 ހާއިރުއެވެ. އެފިޔަގަނޑު މިހާރު އޮތީ އެރަށު ޖެޓީ ސަރަހައްދުގައެވެ.

އަދި އެފިޔަގަނޑުގައި އެއްވެސް ކަހަލަ ލޯގޯއެއްވެސް ކުރެހުމެއްވެސް ފެންނަންނެތްއިރު، އޭގައި ކޮންމެވެސް ވަރަކަށް ރިދެލި ޖަހާފައިވެއެވެ.

އެކަން މިހާރުވަނީ ފުލުހުންނާއި އެމްއެންޑީއެފްގެ ސަމާލުކަމަށް ގެނެސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ