މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރިފައިވަނީ ހއ. އަތޮޅުން ރ. އަތޮޅަށް އަދި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށެވެ.
މެޓް އޮފީހުން ނެރެފައިވާ މި އެލާޓްގައި ވަނީ މިއަދު ހެނދުނު 08:30 އިން މެންދުރުފަހު 13:30 އަށް އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
Alert White for heavy rain pic.twitter.com/1GfzUZkIdh
— Maldives Meteorology (@MetMaldives) November 13, 2020
މި ދުވަސް ކޮޅު އަންނަނީ ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ބޯކޮށް ވާރޭވެހެމުންނެވެ. އެހެން ކަމުން މެޓް އިން ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުމާ ބެހޭ އެލާޓްތައް ދަނީ ނެރެމުންނެވެ.
މުޅި ރާއްޖޭގެ މޫސުން ލަފާކޮށް މެޓުން ބުނެފައިވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުުރުން އެކަށީގެންވާ ކަމަށާއި އަދި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
"ދެކުނު އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން، އަދި އެހެން ހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަ ވާާނެ ކަމަށްވެސް ވިދާޅުވިއެވެ.




