ރާއްޖޭގެ މޫސުން ގޯސް، ބޮޑު ސަރަހައްދަކަށް ހުދު ސަމާލުނެރެފި

މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް އަދި ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ހުދު ސަމާލު ނެރެފައިވަނީ މިރޭ 22:15 އިން ފެށިގެން ފަތިހު 4:00އާ ހަމައަށެވެ. އަދި ތ. އަތޮޅުން ފެށިގެން އައްޑޫއަށް ހުދު ސަމާލު ނެރެފައިވަނީ މިރޭ 22:30 އިން ފެށިގެން ފަތިހު 4:00 އަށެވެ.

މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. މިދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށެންދާ ދުވަސް ވަރުކަމުން ރާއްޖޭގެ ދެކުނުން އުފެދޭ ވިއްސާރަވިލާތައް ދެކުނު އަތޮޅުތަކަށް އަރަމުންދާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

އަދި ކުރިއަަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭ ކަމަށް އިއްޔެވެސް ބުނެފައިވެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ވިދާޅުވެފައެވެ.

އެއޮފީހުން ބުނީ، ބައެއް ހިސާބުތަކުގައި އާންމު ވައި ގަދަވުމާއި އެކު ކަނޑުތައް ގަދަވުން އެކަށީގެންވާ ކަމަށެވެ.

 

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ