މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރައިން ދެންމެ ނެރެފައިވާ އެލާޓްގައި ވިދާޅުވެފައި ވަނީ މިއަދު މެންދުރު ފަހު 2:00 އިން ފެށިގެން މިރޭ 7:00 އާއި ހަމައަށް މުޅި ރާއްޖެއަށް ބޯކޮށްވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ދުވަސްކޮޅަކީ މޫސުން ގޯސް ދުވަސްވަރެއް ކަމުން މެޓް އޮފީހުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުމަ ބެހޭ އެލާޓް ނެރެމުންނެވެ. އެގޮތުން މިއަދު މެންދުރު ކުރިންވެސް ވަނީ ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށް އަދި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް އެލާޓް ނެރެފައެވެ.
މުޅި ރާއްޖޭގެ މޫސުން ލަފާކޮށް މެޓުން ބުނެފައިވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުުރުން އެކަށީގެންވާ ކަމަށާއި އަދި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
Alert White for heavy rain pic.twitter.com/5aMdgvhs1i
— Maldives Meteorology (@MetMaldives) November 13, 2020
"ދެކުނު އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން، އަދި އެހެން ހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވޭ." މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ރާއްޖޭގެ ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަ ވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.



