ނަޝީދުގެ މަސައްކަތަކީ ރައީސް ޞާލިޙަށް ފަސޭހަކޮށްދިނުން: ހަސަން ލަތީފް

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙަށް ފަސޭހަކޮށްދިނުން ކަމުގައި އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިފަދައިން ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހުގެ ސަރުކާރަށް ދެ އަހަރު ފުރުމާއި ދިމާކޮށް ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ހަސަން ލަތީފް ވިދާޅުވީ، ރައީސް ސޯލިހްގެ ސަރުކާރަށް ވާގިވެރިވުމާ އެކު ފާރަވެރިވުމަކީ ރައްޔިތުން މަޖިލީހުގައި އެމްޑީޕީ އިން މަސައްކަތް ކުރަން ނިންމާފައިވާ ވިސްނުން ކަމަށެވެ.

އެގޮތުން ވަޒީރުން މަަސައްކަތް ކުރައްވަނީ ގާނޫނާއި ގަވާއިދާއި އެއް ގޮތަށްތޯ އާއި ސަރުކާރުން ވައުދުތައް ފުއްދަނީ ކިހާވަރަކަށްތޯ ބެލުމަކީ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ކުރައްވަން ޖެހޭނެ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

"ހަގީގަތުގައި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ގިނަ ކަންކަން ފަސޭހަފުޅު ވެގެން ދާނެ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ އިން ކޮށްދެއްވާ މަސައްކަތުން. ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އެެ ކުރައްވާ މަސައްކަތުން ފަސޭހަވެގެން ދާނެ ރަނގަޅު ގޮތުގައި ސަރުކާރު ހިންގުމަށް." ހަސަން ލަތީފް ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ