ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު | ފޮޓޯ: ފޮރިން މިނިސްޓްރީ

"ކޮމަން ފްރޭމްވާރކް ފޮ ޑެބްޓް ޓްރީޓްމަންޓްސް ބިޔޯންޑް ޑީއެސްއެސްއައި"އަށް ރާއްޖެއިން މަރުހަބާ ކިޔައިފި

ޖީ-20ގެ މާލީ ވަޒީރުންނާއި ސެންޓްރަލް ބޭންކް ގަވަރަނަރުންގެ އެކްސްޓްރާ އޯރޑިނަރީ ބައްދަލުވުމަށްފަހު، ފާސްކުރައްވާފައިވާ "ކޮމަން ފްރޭމްވާރކް ފޮ ޑެބްޓް ޓްރީޓްމަންޓްސް ބިޔޯންޑް ޑީއެސްއެސްއައި" އަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.

މި ފްރޭމްވާކްގެ ސަބަބުން ދިވެހިރާއްޖެއަށް ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ތައްޔާރުކުރެވިފައިވާ "ނެޝިނަލް ރެސިލިއަންސް އެންޑް ރިކަވަރީ 2020-2022"ގެ މަސައްކަތްތަކުގެތެރޭގައި ހިމެނޭ "ޑެބްޓް މެނޭޖްމަންޓް/ދަރަނި މެނޭޖްކުރުމުގެ" ގެ މަޝްވަރާތަކަށް އަލި މަގެއް ފެނިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ދިވެހިރާއްޖެފަދަ އިޤްތިޞާދީ ގޮތުން ނާޒުކު، ކުދިޖަޒީރާ ގައުމުތަކަށް، މިދަނޑިވަޅުގައި ދަރަނީގެ ލުއި ދިނުމުގެ މުހިއްމުކަން ފާހަގަކޮށް އެކަމާގުޅޭ ގޮތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ތަކުރާރުކޮށް ބައިނަލްއަޤްވާމީ މައިދާނުގައި ވާހަކަފުޅު ދައްކަވާފައެވެ.

މިގޮތުން ދާދި ފަހުން އޮތް ޖީ77 ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި އާއި އދ.ގެ އާއްމު މަޖްލީހުގައި ބައްދަލުވުމުގައި މިފަދަ މަސައްކަތެއްގެ މުހިންކަން އެކަމަށް ރާއްޖެ ފަދަ ޤައުމުތަކަށް ދަރަނި އަދާކުރުމުގައު ލުއި ގޮތްތަކެއް ހޯދައި ދިނުމުގެ މުހުންމުކަމަށް އަލިއަޅުވާލައްވައި އެފަދަ މަގެއް ފަހި ކޮށް ދެއްވުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކަށް ގޮވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ