ދެ ޖިންސް އަދަދު ހަމަހަމަކޮށް ފޮސިމް ބޯޑްގެ ބައްދަލުވުމެއް ބާއްވައިފި

މިންތީގެ ހަމަހަމަކަމުގައި ޚާރިޖިއްޔާ އަނެއްކާވެސް އިތުރު ފިޔަވަޅެއް ކުރިއަށް އަޅައިފިއެވެ.

ރާއްޖެއިން ބޭރުގައި ޤާއިމްކޮށްފައިވާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ވެރިންގެ މެދުގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށްފަހު، ފޮރިން މިނިސްޓްރީގެ ދަށުން ހިންގާ ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް)ގެ ގަވަރނިންގ ބޯޑްގެ މެމްބަރުންގެ މެދުގައިވެސް މިންތީގެ ހަމަހަމަކަން ގާއިމްކޮށްފިއެވެ.

އާދިއްތަ ދުވަހު ބޭއްވި ފޮސިމްގެ ގަވަރނިންގ ބޯޑްގެ 4 ވަނަ ބައްދަލުވުމަކީ އެއިންސްޓިޓިއުޓް އުފެދުނުފަހުން އަންހެން /ފިރިހެން ދެ ޖިންސް އަދަދު ހަމަހަމަކޮށް ބޯޑުގެ މެމްބަރުން ތިބި ފުރަތަމަ ބައްދަލުވުމެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވިގޮތުގައި އަމާޒަކީ ފޮސިމް އިތުރަށް ހަރުދަނާކުރުންކަމަށާއި، އެކަމަކީ ނަތީޖާ ނެރޭ ފޮރިން ސަރވިސްއެއް އުފެއްދުމަށް މުހިއްމު ކަމެއްކަމަށެވެ.

މީގެ އިތުރުން ޚާރިޖިއްޔާގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ސާލިހްއާއި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެއްކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ