މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެގޭ ގައުމީ އިދާރާއިން ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައި ވަނީ މިއަދު މެންދުރުފަހު 3:00 އިން މިރޭ 7:00 އާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިދަގަވާނެކަމަށް ލަފާކުރެވޭ ކަމުގައިވެސް މި އެލާޓްގައި ބުނެފައިވެއެވެ.
ޔެލޯ އެެލާޓް ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން އދ. އަތޮޅާހަމައަށެވެ.
މި ދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް ވިއްސާރަކޮށް މޫސުން ގޯސް ދުވަސްވަރެކެވެ. އެހެންކަމުން މެޓް އޮފީހުން އަންނަީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުމާ ބެހޭ އެލާޓް ނެރެމުންނެވެ.

އެގޮތުން މިއަދު މެންދުރުވެސް ވަނީ ހދ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފައެވެ.
މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރުމާއެކު ގުގުުރާނެ ކަމަށާއި އަދި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
"ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ބުންޏެވެ.
އެންމެ ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަ ވާާނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް މެޓްއޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.



