ސައުދީ އަރަބިއްޔާ އަށް ޝައްވާލު މަހުގެ ހަނދު ފެނިފައިވާތީ، އެޤައުމުގައި މާދަމާއަކީ ފިތުރު ޢީދު ދުވަސްކަމުގައި ކަނޑައަޅައިފިއެވެ.
މިކަން ސައުދީގެ ރޯޔަލް ކޯޓުން އަދި އިއުލާން ކޮށްފައި ނުވި ނަމަވެސް އިތުބާރު ހުރި މަސްދަރުތަކުން ބުނާ ގޮތުގައި ސަޢުދީ ޢަރަބިއްޔާއަށް ހަނދު ފެނިފައިވެއެވެ.
ސައުދީއަށް ހަނދު ފެނި، މާދަމާއަކީ އީދު ދުވަސްކަމުގައި އެޤައުމުގެ ބޮޑެތި މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، އިސްލާމީ ބައެއް ބޮދެތި ޤައުމުތައް ކަމަށްވާ މެލޭޝިޔާ އަދި އިންޑޮނޭޝިޔާއަށްވެސް ހަނދު ފެނިފައިވާކަމުގެ ރިޕޯޓްތައް ވަނީ ލިބިފައެވެ.
ހަނދު ސާބިތުކުރުމާއި، ފަލަކީ ހިސާބުތަކުގެ މައްޗަށް ރިއާޔަތްކޮށް ހަނދު ފެނިއްޖެކަން ނުވަތަ މަސްފެށި ނުވަތަ މަސް ނިމިއްޖެކަން ކަނޑައެޅުމުގެ ހައްގު އޮންނަނީ ދީނީ އިލްމުވެރިންނާއި، ދީނީ މުއައްސަސާތަކާއި، ގައުމުތަކުގެ ސަރުކާރު ތަކުގެ އަތްމަތީގައެވެ.
ސައުދީއަށް ހެނދު ފެނިފައިވީ ނަމަވެސް، ފިޠުރު އީދު ދުވަހާމެދު ދިވެހިރާއްޖެއިން އަދި ވަކި ގޮތެއް ކަނޑައެއް ނާޅައެވެ.
ހިޔާލު
ހަނދާ ބެހޭކަންކަން ބަލަހައްޓާނީ ސައުދީންނެއްނޫން
ދަނގެތީ ކަޢުންސިލުން
ކޮމެންޓް ކުރުން ބަންދު