މާދަމާއަކީ 1440 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސް ކަމުގައި ކަނޑައަޅައިފިއެވެ.
މާދަމާއަކީ 1440 ވަނަ އަހަރުގެ ޝައްވާލް މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅައި އެކަން ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓަރީން އިޢުލާން ކޮށްފައިވަނީ އެ މިނިސްޓްރީން މިރޭ ބޭއްވި ހަނދު ސާބިތުކުރުމުގެ މަޖިލީހަށް ފަހުގައެވެ.
"ހިޖުރީ ސަނަތުން 1440 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29، މީލާދީ ސަނަތުން 2019 ވަނަ އަހަރުގެ ޖޫން މަހުގެ 3 ވާ ހޯމަ ދުވަހުގެ އިރު އޮއްސުމަށްފަހު ދިވެހިރާއްޖޭގެ ހުރިހާ ހިސާބަކަށާއި ގިނަ އިސްލާމީ ޤައުމުތަކަށް 1440 ވަނަ އަހަރުގެ ޝައްވާލް މަހުގެ ހުޅަވި ހަނދު ފެންމަތިވެފައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ޔަޤީންވާތީވާއި، އިސްލާމީ ބައެއް ޤައުމުތަކަށް 1440 ވަނަ އަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުވެއްޖެކަމުގެ ޚަބަރު ރަސްމީގޮތުން ލިބިފައިވާތީއާއި، ރަމަޟާން މަހާއި، ޝައްވާލް މަހުގެ ސާބިތުކުރުމުގައި ރާއްޖޭގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ އުޞޫލުގައި ވާގޮތުގެ މަތިން މާދަމާ މީލާދީ ސަނަތުން 2019 ވަނަ އަހަރުގެ ޖޫން މަހުގެ 4 ވާ ދުވަހަކީ 1440 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސްކަމުގައި ކަނޑައަޅައިފިން." މާދަމާ ޢީދު ކަމަށް ކަނޑައަޅާ އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.
މާދަމާއަކީ އީދު ދުވަސްކަމަށް ކަނޑައެޅުމާއެކު، އެކަން އެންގެމަށްޓަކައި އެމްއެންޑީއެފް އިން ވަނީ ޖުމްހޫރީ މައިދާނުގައި ބަޑި ޖަހާފައެވެ.
މާދަމާއަކީ ޢީދު ދުވަސްކަމުގައި ނިންމާފައިވާއިރު، މުސްލިމު ބޮޑެތި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ސައުދީއަރަބިއްޔާ، އިންޑޮނޭޝީއާ އަދި މެލޭޝިޔާއިންވެސް ނިންމާފައިވަނީ މާދަމާ އީދު ކަމަށެވެ.
މާދަމާއަކީ ދިވެހިރާއްޖެއަށް ފިޠުރު ޢީދު ކަމަށް ކަނޑައެޅުއްވިއިރު، ސައުދީ އަރަބިއްޔާއަށްވެސް މާދަމާ އަކީ ޢީދު ދުވަސް ކަމަށް އެޤައުމުން ވަނީ ކަނޑައަޅާފައެވެ.
"ފެށުން" ނޫޙުގެ ފަރާތުން އެންމެހާ ކިޔުންތެރިންނަށް ފިޠުރު ޢީދުގެ ހެޔޮ އެދުމާއި ތަޙްނިޔާ އަރިސްކުރަމެވެ.




