އެއްވެސް އިންތިޒާމެއް ނެތި، ބޯ ވާރޭގައި އިސްލާމީ މަރުކަޒުގައި 1440 ވަނަ އަހަރުގެ ފިޠުރު ޢީދު ނަމާދު ކޮށްފިއެވެ.
މާލޭގެ އަވަށްތަކުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރަން ނިންމާފައި އޮތުމަށްފަހު، އެންމެ ފަހު ވަގުތު ރޭ ވަނީ ބޮޑު ޖަމާޢަތުގައި ކުރަން ނިންމު ޢީދު ނަމާދު ކެންސަލްކޮށްފައެވެ.
މާލޭގައި ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި ޢީދު ނަމާދު ކުރާގޮތަށް ނިންމައި އެކަން އިސްލާމިކް މިނިސްޓްރީން ރޭ އިއުލާން ކުރިއެވެ. އަދި އޭގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮންމެވެސް އެއް މިސްކިތެއްގައި ޢީދު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް އެ މިނިސްޓްރީން އޮތީ އަންގާފައެވެ.

މިއަދު ވިއްސާރަ ވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ކުރިއާލާ އަންގާފައި އޮތް ނަމަވެސް، އިސްލާމީ މަރުކަޒުގައި ޢީދު ނަމާދު ކުރުމަށް އެއްވެސް އިންތިޒާމެއް ހަމަޖައްސާފައި ނެތެވެ. ހަމަޖައްސާފައިވާ ހަމައެކަނި އިންތިޒާމަކީ އިމާމުގެ ނަމާދު ކުރުމާއި، އިމާމަށްވުރެ ކުރިއަށް ސަފުތައް ނުދާނެހެން މަގުދައްކައިދިނުމަށް އެކަކު ހަމަޖެއްސުމެވެ.
ވެހުނުހާ ވާރޭގައި ދިވެހިން ޢީދު ނަމާދު ކުރިއިރު، މީގެ ކުރިން އަހަރުތަކާ އެއްގޮތަށް ޚާއްޞަ ޓެންޓްތައް ބޭނުންކޮށް އެއްވެސް ވަރަކަށް ހިޔާކޮށްފައެއް ނުވެއެވެ. އަދި ސަފުތައް ތަރުތީބު ކުރުމަށް އިސްލާމީ މަރުކަޒުން ބޭރުގައި ލައިން ދަމާފައި ނުވާތީ ސަފުތައްވެސް ރަނގަޅަށް ސީދާ ނުވެއެވެ.
މީގެ އިތުރުން ޢީދު ނަމާދު ކުރާ ސަރަހައްދު ބެލެހެއްޓުމުގެ އަދި ސަލާމަތީ އެއްވެސް އިންތިޒާމެއް ކަމާބެހޭ ފަރާތްތަކުން ހަމަޖައްސާފައި ނުވާތީވެ، ބައެއް ފަރާތްތަކުން ޖުމްހޫރީ މައިދާނުގެ ވާރޭ ފެންގަނޑު ތެރޭގައިވެސް އީދު ނަމާދު ކޮށްފައިވެއެވެ. ނަމަވެސް މީގެ ކުރިން އަހަރުތަކުގައި ސަލާމަތީ ބާރުތަކާއި ސްކައުޓް އަދި އަމިއްލަ ޖަމާއަތްތައް ގުޅިގެން މިފަދަ އިންތިޒާމްތައް ހަމަޖައްސައެވެ.

އެހެން އަހަރުތެކޭ އެއްގޮތަށް އީދު ނަމާދުގެ އިންތިޒާމްތައް ހަމަޖައްސާފައި ނެތުމުން ބައެއް ފަރާތްތަކުން ވަނީ ޢީދު ނަމާދަށްފަހު އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.





5 Responses
Huss dhogu. Ma mee mithana dhiya meehea. Scout kudhinves thibi. MNDF meehun ves ulhun. Ministry staff in ves ulhun. Mivaruge dhogu hadhaaka nuvaane dho.
ޖަޒީރާ ރާޢްޖެ ކަޑަ
THAFAATHU VAANE DHO DHONBEY
Thiyothi heyo namoonaa ufaaveri faagathi verikameh kaleymen beynunvegen genessaehnnu dhen ai jahaa
ގައިމު ސިޓީކައުން ބުނި ވަރަށް ރަގަޅަށް އިންތިޒާމް ކުރާނަމޭ!!!