ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ކުޑަކުދިންގެ ވެރައިޓީ ޝޯއެއް!

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބާއްވާ ކުޑަކުދިންގެ ވެރައިޓީ ޝޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް ގުޅިގެން ބާއްވާ ކުޑަކުދިންގެ ވެރައިޓީ ޝޯއެކެވެ.

މި ޕްރޮގްރާމްގައި ބައިވެރި ވުމަށް ނަމާއި އުމުރު ޖައްސަވާފަ 7924881 މެސެޖު ކުރައްވުމުން ބައިވެރިވެވޭނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ވިދާޅުވިއެވެ.

ކުޑަކުދިންގެ ވެރައިޓީ ޝޯ ކުރިއަށް ދާނީ މިއަދު ހަވީރު 16:30 އިން ފެށިގެން 17:30 އަށެވެ. މި ޕްރޮގްރާމް ޓީވީއެމް އިން ވަގުތުން ދައްކާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ